ވެއްޓުނު ހެލިކޮޕްޓަރު
ވެއްޓުނު ހެލިކޮޕްޓަރު
ދުނިޔެ 02 Sep 2024 | 06:06

22 މީހުންނާއެކު ދަތުރު ކުރަމުންދަނިކޮށް ގެއްލުނު ރަޝިޔާގެ ހެލިކޮޕްޓަރު ފެނިއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

މިދިޔަ ހޮނިހިރު ދުވަހު 22 މީހިންނާއެކު ދަތުރުކުރަމުންދަނިކޮށް ގެއްލުނު ރަޝިޔާގެ ހެލިކޮޕްޓަރު ވެއްޓިފައި އޮއްވައި ފެނިފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

ހެލިކޮޕްޓަރ ގެއްލުނު އެމްއައި-8ޓީ ހެލިކޮޕްޓަރު ގެއްލުނުއިރު އޭގައި 19 ޓޫރިސްޓުންނާއި ތިން ފަޅުވެރިންދަޔައީ ދަތިރުކުރަމުންނެވެ.

ރަޝިޔާގެ މިނިސްޓްރީގެ އިމަޖެންސީ އޮފިޝަލެއް ކަމަށްވާ އިވާން ލެމިކޯވް އިއްޔެ ވިދާޅުވީ މިހާތަނަށް 17 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އަދިވެސް ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރާނޭ ކަމަށާއި ނަމަބެސް މިވަގުތަށް އެމީހުން ހޯދުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި އަލުން އެމީހުން ހޯދުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ދުވާލުގެ ވަގުތުގައިކަމަށްވެސް ވަނީ ބުނެފައެވެ.

ފަތުރުވެރިންގެ މެދުގައި ކަމްޗަޓްކާ ޕެނިންސިއުލާގެ ވާޗްކަޒެޓްސް މަޝްހޫރު ވެފައިވަނީ އަލިފާން ފަރުބަދަތަކުގެ ސަބަބުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައިނުވާކަމަށް އޮފިސަލުވަނީ ވިދާޅުވެފައެވެ.

މީގެ ތިން އަހަރު ކުރިން ކަމްޗަޓްކާގެ ލޭކްއަށް ޓޫރިސްޓް ހެލިކޮޕްޓަރެއް ވެއްޓި އަށް މީހުން މަރުވިވެފައިވާކަމަށްވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް