ޕީޖީ ބިޝާމަށް އިތުބާރެއް ނުކުރަން: ޖާބިރު
މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް އިތުބާރު ނުކުރައްވާކަމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާބެހޭގޮތުން، ޖޭއެސްސީން ހުށަހެޅި ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭޭފުޅާ ވިދާޅުވީ އެ މަގާމުގައި ހުންނެވި ބިޝާމަށް އިތުބާރެއް ނުކުރައްވާ ކަމަށާއި އެކަމަށް ގާބިލެއް ނޫންކަމަށެވެ.
ޖާބިރު ވަނީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ ބޭނުންތަކަށް މީހުން ހައްޔަރުކޮށް، ބޭއިންސާފުން ގިނަބަޔަކަށް އަދަބު ދީފައިވާކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.
އެބޭފުޅާ ވަނީ ސިޔާސީ ބޭނުމަށް ޕީޖީއިން ކޮށްފައިވާ ދައުވާތައް މިހިނދުން މިހިނދަށް ނަގައި، ޕީޖީ ވަގުތުން ވަގުތަށް މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް