ސަރުކާާރަށް އެއް އަހަރުވީއިރު އިސްލާމިކް މިނިސްޓްރީއަށް އޭސީ ކުރެވުނީ އެންމެ މިސްކިތެއް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު، އިސްލާާމިކް މިނިސްޓްރީގެ ފަރާާތުން އޭސީކޮށްފައިވަނީ އެންމެ މިސްކިތެއްކަމަށް ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތުދެއްވަމުން އެ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް އަފްރާހު ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި އެ މިނިސްޓްރީން އޭސީކޮށްފައިވަނީ އެންމެ މިސްކިތެއް ކަމަށާއި އެއީ ބ.ފެހެންދޫ މިސްކިތްކަމަށެވެ.
އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ތިން މިސްކިތެއް އޭސީ ކުރުމަށް އިއުލާންކުރެވޭނެކަމަށް އަފްރާހު ވަނީ ވިދާޅުވެފައެވެ.
ފާއިތުވި އެއް އަހަރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން އެމްޑީއެންގެ ރިޕޯޓްގެ މައްސަލައިގައި އެ މިނިސްޓްރީން ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް