ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 132 މީހުން!
ދިވެހިރާއްޖެއިން އިތުރު 132 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 132 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 56 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 54 މީހަކާއި، އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 22 މީހަކު ހިމެނެއެވެ.
މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 25،436 އަށް އަރާފައެވެ. މީގެ ތެރެއިން 82 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 22،276 އަށް އަރާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް