ޝަހީމްގެ އައު ފޮތް ނެރުން--
ހަބަރު
07 Nov 2023 | 11:59
ޑރ.ޝަހީމުގެ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރެފި

ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ 'އިސްލާމީ ނަޒަރިއްޔާތު' ފޮތް ރޭ ނެރެފިއެވެ.

ޝަހީމް ލިޔުއްވާފައިވާ މި ފޮތަކީ އެބޭފުޅާގެ އިސް މަތިން ހިންގަމުން ގެންދަވާ ޖަމިއްޔާ އައި.އޯ.ސީ.ސީ އިިން މިއަހަރު ނެރުމަށް ހަމަޖައްސާފައިވާ ފޮތްތަކުގެ ތެރެއިން ނެރެން އޮތް އެންމެ ފަހު ފޮތެވެ. 

ޑރ. ޝަހީމުގެ މި ފޮތް ނެރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އެ ފޮތުގައި ހިމެނިފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ގައުމަށް އަންނަ ފަތުރުވެރިންނަށް ހިމާޔަތްކަން ދިނުމާއި، ޖިހާދު ކުރުމާއި ގުޅޭ މައުލޫމާތާއި އަދި އިސްލާމް ދީނުގައި އަންހެނުންގެ މަގާމު ފަދަ އެތައް މުހިއްމު މައުލޫއަކަށް އިންސާފު ކުރައްވާފައިވާ ވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމަ އެހެންމެ، ރާއްޖޭގެ ޖުޑިޝަރީއާއި ގުޅޭ އެތައް މައުލޫމާތަކާއި ހިޔާލު ފާޅުކުރުމަށް ދީނުގަ އޮންނަގޮތަށްވެސް ފޮތުގައި އަލިއަޅުއްވާލައްވާފައި ވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ޝަހީމް އިތުރަށް ވިދާޅުވީ އެ ފޮތް ރާއްޖޭގެ ލައިބްރަރީތަކަށް ހިލޭ ދޫކުރައްވާނެ ކަމަށާ އަދި ފޮތްތައް ވިއްކައިގެން ލިބޭ އެއްޗެއް ބޭނުން ނުވާކަމަށެވެ.

"މިއިން އެއްޗެއް ވިއްކައިގެން ލިބޭ އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން. އިސްލާމީ ތައުލީމަށް ވަގުފު ކޮށްދީފައި ހުންނާނީ މި ފޮތްތައް ވެސް" ޝަހީމް ވިދާޅުވި އެވެ. 

މިވަގުތު އައި.އޯ.ސީ.ސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ނަމަވެސް، އައު ސަރުކާރުގެ މަގާމެއް ފުރުއްވަން ހަމަޖެހިފައިވާތީ އައި.އޯ.ސީ.ސީގެ ކުރީ ސަފުގައި ނުހުރެ ފަހަތު ސަފަކަށް ޖެހިލައްވާނެކަމަށް ޑރ. ޝަހީމް ރޭ ވަނީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.