ރައްޔިތުންގެ މަޖިލިސް:ފޮޓޯ/ މަޖިލިސް
ހަބަރު
11 Sep 2024 | 14:16
ޕީޖީ އައްޔަނުކުރުމަށް ބާއްވާ މަޖިލިސް ޖަލްސާ މިރޭ

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހު ގައި ތާވަލު ކޮށްފައިވާ ޖަލްސާ މިރޭ ބޭއްވުމަށް ނިންމާފައިވާކަމަށް ޕީއެންސީން ބުނެފިއެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވަނީ މިކަން "ވޮއިސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.
ފަލާހް ވިދާޅުވީ، ޖަލްސާގައި ފުރަތަމަ އޮންނާނީ ނަން ހުށަހެޅުން ކަމަށާއި، އޭގެ ފަހުން ކޮމިޓީ އަށް ނަން ފޮނުވުމަށްފަހު އިތުރު ޖަލްސާއެއް ބޭއްވުމަށްފަހު ނަން ފާސްކުރުން ކުރިއަށްދާނެ ކަމަށެވެ.

ގާނޫނު އަސާސީ ބަޔާން ކުރާ ގޮތުގައި ޕީޖީ ގެ މަގާމް ހުސްވާތާ 1 މަސް ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަން ޖެހޭއިރު، ފަލާހް ވިދާޅުވީ، އެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހަށް ހަމަވާކަމަށާއި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ މި ސަބަބަށްޓަކައި ކަމަށެވެ.

ފަލާހް ވިދާޅުވީ، މިރޭގެ ޖަލްސާގައި ކުރިއަށްދާނީ ސަރުކާރުގެ ފަރާތުން ޕީޖީ ގެ މަގާމަށް ހުށަހަޅާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު ކޮމިޓީއަށް ފޮނުވުން ކަމަށާއި، ކޮމިޓީ މަރުހަލާގައި އިންޓަވިއުތައް ކޮށް ނިންމުމަށްފަހު ދެވަނަ ޖަލްސާއެއް ބާއްވައި، އެ ޖަލްސާގައި އައްޔަނުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ޕީޖީ ގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން މަސައްކަތް ކުރުމުން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެބޭފުޅާ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވައި ވޯޓު ނަގައި ޝަމީމް ވަކިކުރުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.