ސީ.އެޗް.އީ.ސީ އާއި ސީ.ސީ.ސީ.ސީ އާއި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން؛ ފޮޓޯ / ވޮއިސް
ހަބަރު
18 Apr 2026 | 14:41
މޯޕާ އާއި ޗައިނާގެ ބައިވެރިވުމާއެކު ހުޅުމާލޭ ރުއްގަނޑު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފި

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ޗައިނާގެ ދެ ކުންފުންޏެއް ގުޅިގެން ހުޅުމާލޭ ރުއްގަނޑު ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފިއެވެ.

މިއަދު ހެނދުނު ފެށި ސާފުކުރުމުގެ މި ހަރަކާތުގައި މޯޕާ އާއިއެކު ބައިވެރިވީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ޗައިނާގެ ދެ ކުންފުންޏެކެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބަސީ އާއި ދަރިވަރުންނާއި އާއްމުންވެސް ބައިވެރިވިއެވެ. 

މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތާ ބެހޭގޮތުން ރާއްޖޭގައި ހުންނަވާ ޗައިނާ އެމްބެސެޑަރު ކޮންގް ޒިއަންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިއުމަކީ ވަރަށްބޮޑު އުފަލެއްކަމަށެވެ. ސަފީރު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންވެގެން ކުރެވޭނެ ކަމެއް ކަމަށެވެ.

އްޖޭގެ ރީތި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ކުޑަ ނަމަވެސް ދައުރެއް އަދާކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަކިން ހާއްސަކޮށް، މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިތަން ފެނުމަކީ ވަރަށް އުފާވި ކަމެއް 

ސަފީރު ކޮންގް ޒިއަންހުއާ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓް

މިއީ ޕްލާސްޓިކް ކުނި މެނޭޖުކުރުމުގައި ދެމެހެއްޓެނިވި ގޮތްތައް ކުރިއަށް ނެރުމަށާއި، ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރިކުރުމުގެ މަގުސަދުގައި މޯޕާއިން ފަށާފައިވާ ޕްރޮގްރާމްގައި ހިމެނިގެން ކުރިއަށްގެްނދިޔަ ހަރަކާތެކެވެ.  މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 7:15 ހާއިރު ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދު ފޭސް 1، މެޒާ ބިސްޓްރޯ ކެފޭ ކައިރީގައެވެ. މި ހަރަކާތުގައި ބައިވެރިވި ޗައިނާގެ ދެ ކުންފުންޏަކީ ސީ.އެޗް.އީ.ސީ އާއި ސީ.ސީ.ސީ.ސީ އެވެ. ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށުން ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނި ވަނީ އެއްކޮށްފައެވެ. 

މޯޕާއިން ވަނީ މީގެ ކުރިންވެސް ހުޅުމާލެ ސާފްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.