ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
10 Jul 2026 | 17:42
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް

އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރިކަން ހާމަކުރައްވާ އެކަމަށް މަސައްކަތް ވެސް ކުރަމުންދާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެެވެ.

ފައިސަލް މިހެން ވިދާޅުވީ އަދަދު ނޫހުން ގެނެސްދޭ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވިޔަސް ގަބޫލުކުރާނެ ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

އެ އުންމީދުގައި މަސައްކަތް ކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ނާއިބު ރައީސްގެ މަގާމުގައި ހުންނެވިއިރު ވެސް ގައުމަށް ގެންނަން ބޭނުންވި ބަދަލުތަކެއް ހުރި ކަމަށެވެ. އެ ބަދަލުތައް ގެންނަވަން ބޭނުންވާ ކަމުގައި ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ 2028 ކާމިޔާބު ކުރަން ޖެހޭ ކަމަށާ އެކަން ކާމިޔާބު ކުރެވެން އޮތް ގޮތަކަށް އިޖާބަ ދޭން ޖެހޭ ކަމަށެވެ.

2018 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހިނގި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފައިސަލް ނާއިބް ރައީސް ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީން ތަނަވަސްކޮށްދިން ފުރުސަތެއް ގަ އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން އެ ޕާޓީއާ ފެއަށް ޖެހިވަޑައިގަތެވެ. އަަދި ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.

އޭގެ ފަހުން 2023 ގެ ރިޔާސީ އިންތިހާބުގައި ވެސް ފައިސަލް އުންމީދު ކުރެއްވީ އަދި ގިނަ ބަޔަކު ގަބޫލުކުރީވެސް ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަލުން ފައިސަލް ހަމަޖައްސަވާނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހް, އެ ފަހަރު ނެންގެވީ މެންބަރު އަސްލަމް އެވެ.

ކޮމެންޓް
ލައްޓި
ޕާރޓީއަކަށްނުވަދެ އަމިއްލަގޮތުން ކުރިމަތިލާނަމަ ފައިސަލް ނަސީމަކީ ރަގަޅުމީހެއް ނަމަވެސް އެމްޑީޕީއަން ކުރިމަޔި ލާނަމސ އެހރެންނާއި އަހަރެންގެ އާއިލާގދ ވޯޓެއްނުލިބާނެ އެއީ 20 ގަޑުވޯޓް
10 Jul 2026
ނަމަވެސް
2023 ވަނަ އަހަރު ކޯލިޝަން ނިިމި އާދައުރެގެ އިންތިހާބަށް ކުރިމަތިލިއިރު އެމްޑީޕީއާ ގުޅިވަޑައި ނުގަންނަވާތީ ނުނެގުނީ
11 Jul 2026
ފައިސަލް އަކީ މީހެއް
ވާނެ ކުރާނެ
15 Jul 2026
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.