Advertisement

އަބުރުގެ ޤާނޫނަކީ މުހިންމު ޤާނޫނެއް - ޝޭހް ޝަފީއު އަބްދުﷲ

23 Oct 2018 | 08:22

އަބުރުގެ ޤާނޫނަކީ މުހިންމު ޤާނޫނެއް ކަމަށް ޝޭހް ޝަފީއު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަފީއު މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 100 ދުވަސް ތެރޭގައި އަބުރުގެ ޤާނޫނު އުވާލާނެކަމަށް ވިދާޅުވެފައިވާ ހަބަރު ހިއްސާކުރަމުންނެވެ.

ޝަފީއު އިތުރަށް ވިދާޅުވެފައިވަނީ އަބުރުގެ ޤާނޫނު އުވާލުގެ ބަދަލުގައި އިސްލާހު ކުރަން ޖެހޭ ކަމެއް ހުރިނަމަ، އިސްލާހު ކޮށްގެންނަމަވެސް މި ޤާނޫނު އޮންނަން ޖެހޭކަމަށެވެ.

އަބުރުގެ ޤާނޫނަކީ ރިޔާސީ އިންތިހާބުގައި ވެސް އެންމެ ގަދަޔަށް ދެކެވެމުން އައި އެއް ވާހަކައެވެ. އަދި މި ޤާނޫނު އުވާލުމަކީ ކޯލިޝަން ވެރިކަމެއްގެ އެއް ވައުދު ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ގޮތުގައި "މީޑިއާއަށް ކުރިމަތިވެފައި ހުރި ދަތިތަައް އަޅުގަނޑުމެންނަށް އެނގޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެ ދަތިތައް ނިމުމަކަށް ގެނެސް މިނިވަން ނޫސްވެރިކަމަކަށް ފުރިހަމައަށް ޖާގަލިބިގެންދާނެ. މިވަގުތު އަބުރުގެ ގާނޫނު އަޅުގަނޑުމެން މިކިޔާ ގާނޫނުގެ ސަބަބުން އެތައް ދަތިތަކެއް އެތައް މީޑިއާތަކަށް ކުރިމަތިވަމުން އެބަދޭ. އެހެން ނަމަވެސް އެ ދަތިތަކާ އެކީގައި ވެސް ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ތިޔަަ ބޭފުޅުން މަސަައްކަތްކުރައްވަމުން ގެންދެވިތަން އަޅުގަނޑު ދުށިން"

މިދުވަސް ކޮޅު އިންތިހާބީ ރައީސް ގެންދަވަނީ ރާއްޖޭގެ އަމިއްލަ މީޑީއާތަކަށް ޒިޔާރަތް ކުރައްވަމުންކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މި ވެރިކަން ގެނައުމުގައި މީޑިއާ ތައް ވަރަށް މުހިންމު ރޯލެއް ކުޅެފައި ވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement