20 Aug 2025
ފަސޭހަކަމާއެކު އާރަށް ބަލިކޮށް ޖޯލި ބީއިންގ ސެމީގެ ފުރުސަތު ބޮޑުކޮއްފި
ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގެ ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ހެރިޓެންސް އާރަށް ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބިއިންގ، މުބާރާތުގެ ސެމީފައިނަލުގެ ފުރުސަތު ބޮޑުކޮއްފިއެވެ.