މީމުތާ ފުޓްސަލް ޗެލެންޖް 2025
07 Mar 2025
ފަހަތުން އަރައި ތިމަރަފުއްޓާއި އެއްވަރުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކިނބިދޫ ސެމީއަށް
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ތިމަރަފުށިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށް ކިނބިދޫ އިން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
07 Mar 2025
ވާދަވެރި ކުޅުމަކަށްފަހު ކޮޅިފުށި ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވޭމަންޑޫ ސެމީއަށް
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުން ކޮޅުފުށި ބަލިކޮށް ވޭމަންޑޫ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
07 Mar 2025
ފަހަތުން އަރައި ގާދިއްފުށި ބަލިކޮށް އޮމަދޫ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގާދިއްފުށިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން މޮޅުވެ، ގުރޫޕްގެ އެއްވަނަ އޮމަދޫ އިން ކަށަވަރުކޮށްފި އެވެ.
06 Mar 2025
ފަހަތުން އަރައި ހިރިލަންދޫ ބަލިކޮށް ތިމަރަފުށިން ސެމީފައިނަލް ޔަގީންކޮއްފި
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ތ.ހިރިލަންދުއާ ތިމަރަފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތިމަރަފުށިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ
06 Mar 2025
ހަމްދާންގެ 5 ލަނޑާއެކު ކިނބިދޫ އިން ވިލިފުށި ކޮޅަށް 10 ލަނޑުޖަހައިފި
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ތ.ކިނބިދޫ އާއި ތ.ވިލިފުށި ވާދަކުރި މެޗު ފަސޭހަކަމާއެކު 10-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ކިނބިދޫ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފިއެވެ.
05 Mar 2025
ކޮޅުފުށި އަތުން މޮޅުވެ ގާދިއްފުށިން ސެމީގެ އުންމީދު ދަމަހައްޓައިފި
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި މ.ކޮޅުފުއްޓާއި ތ.ގާދިއްފުށި ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގާދިއްފުށިން ސެމީފައިނަލްގެ އުންމީދު ދަމަހައްޓައިފިއެވެ.
04 Mar 2025
ފަހަތުން އަރައި ވޭމަންޑޫ ބަލިކޮށް އޮމަދޫ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް ބީގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ވޭމަންޑޫ ބަލިކޮށް އޮމަދޫ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
03 Mar 2025
ތައްޓުގެ މޮޅު ކުޅުމާއެކު ވިލިފުށި އަތުން ތިމަރަފުއްޓަށް ފަސޭހަ މޮޅެއް
މިހާރު ކުރިއަށްދާ މީމުތާ ފުޓްސަލް ޗެލެންޖް 2025 ގެ ގުރޫޕް އޭގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ތ.ތިމަރަފުއްޓާއި ތ.ވިލިފުށި ވާދަކުރި މެޗު ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތިމަރަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.