28 Jan 2025
މަސައްކަތްތައް ކުރަމުން ދަނީ ޕްލޭނެއް، ބަޖެޓެއް ނެތިއެއް ނޫން
ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާންކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.