ދިވެހި ކުޅިވަރު
20 Dec 2023
ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023 ގެ ޗެމްޕިއަންކަން ޕާމް އަށް
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި ކުރިއަށް ގެންދިޔަ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް 2023" ގެ ފައިނަލުގައި އަންގާރަދުވަހުގެ ރޭ ތިން ސެޓް އެއް ސެޓުން ޓީމު ހިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޓީމު ޕާމް އިން ހޯދައިފި އެވެ.
19 Dec 2023
ސްޕެއިނުގެ ބޮޑެތި ޓީމުތައް ފަހަތައް ޖައްސާލުމަށްފަހު ޖިރޯނާ އެއްވަނައަށް
ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އާއި ޖިރޯނާ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖިރޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
18 Dec 2023
ކެލާ ކައުންސިލްގެ ޓީމު ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ޓީމް ޕާމްއަަށް
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގެ ސެމީ ފައިނަލުގައި އާދީއްތަ ދުވަހުގެ ރޭ ޓީމް ޕާމް އާއި ކެލާ ކައުންސިލްގެ ޓީމު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ޓީމް ޕާމް އިން ހޯދައިފި އެވެ.
17 Dec 2023
ޕެރާ ސްޕޯޓްސް ކްލަބުން އައިއޯއައިޖީގައި ބައިވެރިވުމަށް ހުޅުވާލައިފި
ޕެރާ ސްޕޯޓްސް ކްލަބުން އައިއޯއައިޖީ 2027ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
17 Dec 2023
ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ބައްސާމު ވާދަނުކުރަން ނިންމައިފި
އަންނަ މަހު އޮންނަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފިއެވެ.
17 Dec 2023
ފައިނަލުގެ ފުރަތަަމަ ޖާގަ ޓީމު ހިޔާ އިން ކަށަވަރުކޮށްފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިރޭ ޓީއޯ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަަނަ ޓީމުގެ ގޮތުގައި ޓީމު ހިޔާ އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
15 Dec 2023
ފަހަތުން އަރައި ވަރުގަދަ ޕާމް ބަލިކޮށް ޓީމު ހިޔާ އިން ސެމީގެ އުންމީދު ދަމަހައްޓައިފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިރޭ ޓީމު ހިޔާ ފުރަތަަމަ ސެޓް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ ޓީމު ހިޔާ އިން މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.
15 Dec 2023
ސީދާ ތިން ސެޓުން ޓީއޯ ސްޕޯޓްސް ކުލަބު ބަލިކޮށް ކެލާ ކައުންސިލްގެ ޓީމު ސެމީގެ ޖާގައެއް ކަށަވަރުކޮށްފި
ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ "2 ވަނަ ޖީއެސް ވޮލީބޯޅަ ޓޯނަމަންޓް" ގައި މިއަދު ހަވީރު ޓީއޯ ސްޕޯޓްސް ކުލަބާއި ކެލާ ކައުންސިލްގެ ޓީމު ވާދަކުރި މެޗު ފަސޭހަކަމާ އެކު ސީދާ ތިން ސެޓުން، ކާމިޔާބުކޮށް ކެލާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.