20 Nov 2023
އިސްރާއީލުން ކުރަނީ ފަލަސްޠީނު ބިމުން ފޮހެލުމުގެ ޖަރީމާތަކެއް
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ކުރަމުންދަނީ ހަނގުރާމައެއް ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ ފަލަސްޠީނުގެ ވަސްވެސް މި ބިންމަތިން ފޮހެލުމަށް ހިންގަމުންދާ ޖަރީމާތަކެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.