ރާބަދި ފުޓްސަލް ޗެލެންޖް 2025
09 May 2025
މުޖުތަބާގެ ހެޓްރިކާއެކު ފަހަތުން އަރައި ޔޫއެންޑްމީ ބަލިކޮށް ޖޯލި ބީއިން ސެމީއަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި ޔޫއެންޑްމީ އިން ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ ޖޯލި ބީއިން ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
08 May 2025
ފަސޭހަކަމާއެކު މާމުނަގައު ބަލިކޮށް މީދުއްޕަރު ސެމީފައިނަލުން ޖާގަ ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި މާމުނަގައު އާއި މީދުއްޕަރު ވާދަކުރި މެޗު ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ މީދުއްޕަރުން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
08 May 2025
ރާޔާ ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ޖޯލި މޯލްޑިވްސް އިން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ޖޯލި މޯލްޑިވްސް އާއި ރާޔާ ވާދަކުރި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯލިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
06 May 2025
ކޮތައިފަރު އަތުން ހޯދި ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ރާޔާ އިން ކަށަވަރުކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގުރޫޕް ސީގައި ރޭ ކުޅުނު ދެވަނަ މެޗުގައި ކޮތައިފަރާއި ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ރާޔާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
06 May 2025
ރީތިފަރު ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖޯލި ބީއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގުރޫޕް ބީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ރީތިފަރު ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޖޯލި ބީއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފިއެވެ.
05 May 2025
ޖޯލި މޯލްޑިވްސް އަތުން ބަލިވެ ކުޑަފުށި މުބާރާތުން ކަޓައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގުރޫޕް އޭގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޖޯލި މޯލްޑިވްސް އަތުން ބަލިވެ ކުޑަފުށި މުބާރާތުން ކަޓައިފިއެވެ.
05 May 2025
ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކޯރާ ކޯރާ ކުއާޓާ ފައިނަލުން ޖާގަހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގުރޫޕް ސީގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން އެމެރަލްޑް ފާރުފުށި ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކޯރާ ކޯރާ މޯލްޑިވްސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
04 May 2025
ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މީދުއްޕަރު ކުއާޓާ ފައިނަލުން ޖާގަހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގުރޫޕް ބީގައި ރޭ ކުޅުނު ދެވަނަ މެޗުގައި އެމެރަލްޑް މޯލްޑިވްސް އާއި މީދުއްޕަރު ވާދަކުރި މެޗު 3-3 ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މީދުއްޕަރުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.