ޗައިނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޗައިނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 01 Aug 2023 | 15:38

ޗައިނާ އާއި ދެކޮޅަށް ފެންވަރު ދައްކާލުމަށްފަހު އިންގްލެންޑް ދެވަނަ ބުރަށް

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ފަސޭހަކަމާއި އެކު ޗައިނާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރަތުގެ ފުރަތަަމަ ދެމެޗުގައި އިންގްލެންޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަަމަ ހާފުގައި ފެނިގެން ދިޔައީ މުޅިން ތަފާތު އިންގްލެންޑެކެވެ. އެގޮތުން މެޗުގެ ފުރަތަަމަ ހާފުގައި އެޓީމުން ތިން ލަނޑުގެ ލީޑެއް ނެގިއިރު، މުޅި ހާފުގައި ވެސް އެޓީމުގެ ފަރަތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އިންގްލެންޑުން މެޗުގެ ލީޑު ހޯދިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާސެނަލް ފޯވާޑް އެލެސިއާ ރޫސޯ އެވެ. މިއީ އެޓީމުގެ ޗެލްސީ ފޯވާޑް ލޮރެން ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ލޮރެން ހެމްޕް އެވެ. މިއީ ވެސް ލޮރެން ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އިންގްލެންޑް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ފޯވާޑް ލޮރެން ޖޭމްސް އެވެ. އަދި މިހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލޮރެން ޖޭމްސް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޗައިނާ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އަދި ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޝުއާން ވަންގް އެވެ.

ނަމަވެސް އޭގެ އަށް މިނެޓް ފަހުން ލޮރެން ޖޭމްސް ވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އިންގްލެންޑަށް ތިން ލަނޑުގެ ލީޑެއް ހޯދައިފީފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ލޮރެން ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތަކުން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީގެ ފޯވާޑް ކްލޯއީ ކެލީ އެވެ.

މި މެޗުގައި އިންގްލެންޑް އިން ކާމިޔާބުކުރި ހަވަނަ ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެސްޓަންވިލާގެ ފޯވާޑް ރޭޗަލް ޑޭލީ އެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-1 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން 9 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑުން މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ހޯދިއިރު، މި މެޗުން ބަލިވި ޗައިނާ މުބާރަތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި
20 Aug 2023 ކުޅިވަރު

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސްޕެ...

އޮސްޓްރޭލިޔާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ވޯލްޑްކަޕް ފައިނަލުން ޖާގަ ހޯދައިފި!
16 Aug 2023 ކުޅިވަރު

އޮސްޓްރޭލިޔާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ވޯލްޑްކަޕް ފައިނަލުން ޖާގަ ހޯދައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ އޮސްޓްރޭލިޔާ ބަލިކޮށް، މުބާރާތުގެ ފައިނަލުން ފުރަތަަމަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދަ...

ވާދަވެރި ކުޅުމަކަށްފަހު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!
15 Aug 2023 ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަ...

ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!
12 Aug 2023 ކުޅިވަރު

ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ފްރާންސް ބ...

އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!
12 Aug 2023 ކުޅިވަރު

އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހަވީރު ކޮލަމްބިއާ އާއި އިންގްލޭންޑް ވާދަކުރި މެޗު 2-1 ގެ ނަތީޖާއ...

ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!
11 Aug 2023 ކުޅިވަރު

ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ސްވިޑެން އަތުން ބަލިވެ، ޖަޕާން ...