މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ
މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ
ހަބަރު 01 Dec 2023 | 07:29

ޕާކިސްތާނު ބޭސް އުފައްދާ ކުންފުންޏެއް ރާއްޖެއިން ބޭން ކޮށްފި!

ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއްކަމަށްވާ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ ބޭސްތަކަކުން ނުރައްކާތެރި ކެމިކަލެއް ފެނިފައިވާތީ އެ ކުންފުނިން ދިވެހިރާއްޖެއަށް ބޭސް އެތެރެ ކުރުން ވަގުތީ ގޮތުން މަނާ ކޮށްފިއެވެ.

މޯލްޑިވްސް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭ އިން މިކަމާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސްތާންގެ ލާހޯރ ގައި ހުންނަ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ ދިޔާ ބޭސްތަކަކުން ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ފެނިފައިވާ ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުންވެސް އެކުންފުނީގެ ތަފާތު ބޭސް ތަކުން މި މާއްދާތައް ފެނިފައިވާ ކަމަށް ވުމާއެކު، އެ ކުންފުނި ވަގުތީގޮތުން ބޭން ކުރުމަށް އެ އޮތޯރިޓީން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ދިވެހިރާއްޖެ އަށް އެތެރެ ކުރުމާއި ، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް އެ އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

އެމްއެފްޑީއޭ ގެ އެ އިޢުލާނުގައި ވަނީ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ރާއްޖެ އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭސް ލިސްޓްގައި ހިމެނޭ އެ ކުންފުނީގެ ގެ ބޭސްތައްވެސް ހާމަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުމަށް އެމްއެފްޑީއޭ އިން އެދިފައިވެއެވެ.

ނުރައްކާތި ކެމިކަލް ހުރުމުން ފޫޑް އެން ޑްރަގް އޮތޯރިޓީން އިއްޔެ ވަނީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭސް ލިސްޓްގައި ހިމެނޭ ފާމިކްސް ލެބޯޓަރީސް ޕްރައިވެޓް ލިމިޓެޑް އުފައްދާ ދިޔާ ބޭސްތައް ބޭސްފިހާރަތަކުން ނަގައި، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ނައްތާލުމަށް އަންގާފައިވާ ބޭސް ތަކަކީ: 
1. އެލާގޯ ސިރަޕް
2. އެލައިޑް ސިރަޕް
3. އެފެލައިޑް ސިރަޕް
4. އެމިޑޯން ސިރަޕް
5. އައިރޯޕަލް ސިރަޕް
6. އެންޓިފެން ސިރަޕް

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު
16 Oct 2026 ހަބަރު

ސައިކަލުގެ ނަންބޯޑް ބަދަލުކޮށް ވަގަށް ނަގައިފި، ތުހުމަތު އޮތް ތިން މީހުން ހައްޔަރު

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެކެވެ.

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި
16 Oct 2026 ހަބަރު

ވީޑިއޯގައި ފެންނަނީ ކުޅޭކުޅޭ ބަޑިތަކެއް، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފި

އެއީ ވީޑިއޯއެއް ކުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށް އެފަރާތުން ވަނީ ބުނެފައި ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކުޅުދުއްފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: ކުއްޖަކަށާއި ދެ މީހަކަށް ވަރަށް އަނިޔާވެއްޖެ

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 20 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކަށެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް
16 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނެގުމުން ކުއްލި ބައްދަލްވުމެއް

ކައުންސިލުން ބުނީ މިރޭ 9:00 ގައި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ނަމަވެސް އެކްސިޑެންޓްވި ދެ ސައިކަލު ދުއްވަން ތިބި ދެ ފިރިހެނުންނަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި
16 Oct 2026 ހަބަރު

ޔޫއޭއީގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ ފޮނުވާލައިފި

އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.