އައިހަމްއަށް މަރުހަބާ ކިޔުން
އައިހަމްއަށް މަރުހަބާ ކިޔުން
ރިޕޯޓް 16 Oct 2026 | 17:20

ފަހުރުވެރި ކާމިޔާބީއާއެކު ރަށުން އައިހަމްއަށް ހޫނު މަރުހަބާއެއް

ބޮޑުތިލަދުންމަތީ އުތީމަށް މިއަދަކީ ހާއްސަ ދުވަހެކެވެ. އާންމުކޮށް ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތަކީ ބަނދަރުމައްޗާއި ރަށުތެރޭ ހަމަހިމޭން ވަގުތެވެ. ނަމަވެސް މިއަދު ހެނދުނު ރަށުގެ މުޅި ބަނދަރުމަތީ ރައްޔިތުންނައިގެން ފުރިފަ އެވެ. އެންމެންހެން ތިބީ ޤައުމީ ކުލަތަކުގެ ހެދުންތަކުން ޖަރީވެގެން އުފާވެރި މޫނެއްގަ އެވެ. އެހެންނުވާންވީވެސް ސަބަބެއް ނެތެވެ.

އުތީމަށް އުފަން، އެރަށު މީނާޒް، އަޙްމަދު އައިހަމް (ފަތޯ) އަކީ މިދިޔަ ސީޒަންގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ވަރުގަދަ ފުޓްސެލް ޓީމެއް އޮތް އުތީމަށް މިވަރުގެ ފަޚުރެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ރަށުގެ ދަރިއަކަށް މިވަރުގެ ކާމިޔާބެއް، ފަޚުރެއް ލިބުމަކީ އެއްބައިވަންތަކަމުގައި ނަމޫނާއެއް ކަމުގައިވި އުތީމަށް ލިބުނު ޝަރަފަކާއި ފަޚުރެއް ކަމުގައި އެރަށުގެ ކުދިބޮޑު އެންމެން ދެކެ އެވެ.

Uploaded image

ކާމިޔާބީއަށް ފަހު ފަޚުރުވެރި އެވޯޑާއެކު އައިހަމް މިއަދު ރަށަށް އައީ އެވެ. ކައުންސިލްގެ ރައީސާއި މެންބަރުން އަދި ރަށުގެ މުއައްސަސާތަކުގެ ވެރީންނާއި ކުދިބޮޑު އެންމެން ޚާއްސަކޮށް އާއިލާގެ ހުރިހާ މެންބަރުން ބަނދަރަށް ޖަމާވެ އައިހަމަށް މަރުހަބާ ކިޔެވެ.

އައިހަމައަށް މަރުޙަބާ ކިޔުމަށް އުތީމު އޮތީ ވަަރަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ. ޤައުމީ މުނާސަބަތުތަކުގައި ވެރީންނާއި ޒިޔާރަތްކުރާ މެހެމާނުންނަށް ވަރަށް ފުރިހަމަ މަރުޙަބާއެއް ކިޔުމުގެ ފަޚުރުވެރި ތާރީޚެއް އޮތް އުތީމުގެ ރައްޔިތުންގެ ކިބައިން މިއަދުވެސް ފެނިގެންދިޔައީ އެކަމެވެ.

އައިހަމުގެ ކާމިޔާބީ ފާހަގަކޮށް އޭނާއަށް ޚާއްސަ ހަނދާނީ ފިލައެއް ދިނެވެ. އަދި އެ ފަޚުރުވެރި ކާމިޔާބީއަށްޓަކައި އައިހަމަށް ޚާއްސަ ތަޚުތެއް ހަދާފައި ވެ އެވެ. ތަޚުތާއި ހަމައަށް ގެންދިޔައީ އެކަމަށް ޚާއްސަ ސަޤާފީ ހަރަކާތްތަކާއެކު އެވެ. އަދި އޭނާގެ ޝަރަފުގައި މަރުޙަބާގެ ހުށައެޅުންތަކެއް ހުށައެޅި އެވެ.

އޭގެ ފަހުން ޖަމާވެފައިވާ ކުދިބޮޑު ރައްޔިތުންނާއި ސަލާމް ކުރުން އޮތެވެ. 

Uploaded image

މި މަހުގެ އަށްވަނަ ދުވަހުގެ ރޭ އޮތް އެފްއޭއެމް އެވޯޑްސް ނައިޓްގައި އެންމެ މޮޅު ފިިރިހެން ކުޅުންތެރިޔާގެ އެވޯޑް ފަތޯ އުފުލާލީ ނިއުރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓާ) އާއި މާޒިޔާގެ ޙަމްޒާ އަދި އިބްރާހިމް މަޙްދީ އާއި ބުރުގެ މުޙައްމަދު ނައިމްއާ ވާދަކޮށެވެ.

މިއަދުގެ މަރުޙަބާއިން ފެނިގެން ދިޔައީ އައިހަމަށް ލިބުނު މި ކާމިޔާބީގައި އުތީމު ފަޚުރުވެރިވީ މިންވަރެވެ. އަދި ރަށަށް ރީތި ނަމާއި ޝަރަފު ހޯދައިދޭ ރައްޔިތުންނަށް އުތީމުގައި އޮތް ޚާއްސަ ލޯތްބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުތީމު ވާހަކަ ވައުގެ ފޮޓޯތަކާއެކު ޗައިނާ ސަފީރު ވިދާޅުވީ އެރަށަށް ކުރެވުނީ ފައިދާހުރި ދަތުރެއް ކަމަށް
16 Aug 2026 ހަބަރު

އުތީމު ވާހަކަ ވައުގެ ފޮޓޯތަކާއެކު ޗައިނާ ސަފީރު ވިދާޅުވީ އެރަށަށް ކުރެވުނީ ފައިދާހުރި ދަތުރެއް ކަމަށް

އުތީމަށް ކުރެވުނު ދަތުރަކީ ފައިދާހުރި ދަތުރެއްް ކަމުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ. އުތީމު ވާހަކަ ވައުގެ ފޮޓޯތަކެއް ހިއްސާކުރައްވައި ސަ...

އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި
15 Aug 2026 ހަބަރު

އުތީމުގައި ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި، ރައީސް ހުޅުއްވައިދެއްވައިފި

ޣާޒީ ބަންޑާރައިންގެ ހަނދާނުގައި ހއ.އުތީމްގައި ބިނާކުރި ދޮރާށި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅިވައިދެއްވީ ޤައުމީ ދުވަހުގެ ރަސްމީ ...

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް، ހިދުމަތުގެ އިނާމު އެއް ބޭފުޅަކަށް
13 Aug 2026 ހަބަރު

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް، ހިދުމަތުގެ އިނާމު އެއް ބޭފުޅަކަށް

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ. މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބާއްވ...

އުތީމު ޚާއްސަވަނީ ކީއްވެ؟
10 Aug 2026 ރިޕޯޓް

އުތީމު ޚާއްސަވަނީ ކީއްވެ؟

ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މި...

އުތީމު އަދި މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފި
26 Mar 2026 ހަބަރު

އުތީމު އަދި މަޑުއްވަރީ ބަނދަރުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފި

ހއ. އުތީމު ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން، ރ. މަޑުއްވަރީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި މިނިސ...

ވޯޓެއް ނެތި ބާރަށާއި އުތީމު ކައުންސިލްގެ ރައީސްކަން ވެސް ޕީއެންސީއަށް
02 Feb 2026 ހަބަރު

ވޯޓެއް ނެތި ބާރަށާއި އުތީމު ކައުންސިލްގެ ރައީސްކަން ވެސް ޕީއެންސީއަށް

ތިލަދުންމަތީ އުތުރުބުރީ އުތީމާއި ބާރަށު ކައުންސިލްގެ ރައީސް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ކުރިމަތިލީ ކެންޑިޑޭޓުން ވޯޓެއް ނެތި ހޮވިއްޖެ އެވެ. އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބ...