އަލިއާ ކޮތައިފަރު ސެމީފައިނަލަށް ދިއުމާ ގުޅިގެން ކުޅުންތެރިން އުފާފާޅުކުރަނީ..
އަލިއާ ކޮތައިފަރު ސެމީފައިނަލަށް ދިއުމާ ގުޅިގެން ކުޅުންތެރިން އުފާފާޅުކުރަނީ..
ކުޅިވަރު 25 Apr 2026 | 10:16

އެމްޖޭއެސް ރާބަދި ޗެލެންޖު: މާމަނަގައު ބަލިކޮށް އަލިއާ ކޮތައިފަރު ސެމީފައިނަލަށް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިހާރު ކުރިއަށްދާ އެމްޖޭއެސް ރާބަދި ޗެލެންޖުގައި ރޭ ކޮތައިފަރާއި މާމަނަގައު ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ކޮތައިފަރު ކާމިޔާބުކޮށް ސެމީފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މީދޫގައި ކުޅުނު މިމެޗް މާމަނަގައުގެ މައްޗަށް ކޮތައިފަރު ކުރި ހޯދީ، 4-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި ކޮތައިފަރަށް ގޯލް ހުޅުވާލަދިނީ ހަވަނަ މިނެޓް ތެރޭގައި ހުސައިން އިރުފާނެވެ. ކޮތައިފަރުގެ ދެވަނަ 18 ވަނަ މިނެޓް ތެރޭގައި ލަނޑު ޒިޔާން ސަމީރު ކާމިޔާބުކޮށްދިން އިރު، ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއިންނެވެ.

ދެވަނަ ހާފް ފަށައިގެން 27 ވަނަ މިނެޓް ތެރޭގައި ކޮތައިފަރުގެ އަހުމަދު ނާހީ ލަނޑެއް ޖަހާފައިވަނިކޮށް މާމަނަގައުގެ އިބްރާހިމް ހަމޫދު ވަނީ 31 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މޮޅުވުމުގެ އުއްމީދު އާކޮށްދީފައެވެ. ނަމަވެސް އޭގެ ހަތް މިނެޓްފަހުން ކޮތައިފަރުގެ ހުސައިން ނިޒާމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.

މިމެޗްގައި ކޮތައިފަރަށް ގިނަ ގޯލްތަކެއް ޖެހުމުގެ ފުރުސަތު ލިބިގެންދިޔައިރު، މާމަނަގައުންވެސް ވަނީ ކޮތައިފަރުގެ ގޯލަށް ނުރައްކާކޮށްފައެވެ. މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ކޮތައިފަރުގެ އަހުމަދު ނާހީއެވެ.

އެމްޖޭއެސް ރާބަދި ޗެލެންޖުގައި މިރޭ ކޯރާ ކޯރާ މޯލްޑިވްސް ނިކުންނާނީ، އެމަރަލްޑް ފާރުފުއްޓާ ދެކޮޅަށެވެ. މިމެޗް ފަށާނީ މިރޭ 09:00 ގައެވެ. ދެވަނަ މެޗްގައި ޖޯލި ނިކުންނާނީ ޖޯލި ބީން އާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ނިންމާފައިވަނީ 10:00 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...