މެޗަށްފަހު ޕީއެސްޖީ ތީމް... ފޮޓޯ: ޕީއެސްޖީ
މެޗަށްފަހު ޕީއެސްޖީ ތީމް... ފޮޓޯ: ޕީއެސްޖީ
ކުޅިވަރު 15 Apr 2026 | 07:04

ލިވަލޫޕް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް ޕީއެސްޖީ ހޯދައިފި

އިނގިރޭސިވިލާތުގެ ލިވަޕޫލް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީފައިނުގެ ޖާގައެއް ފްރާންސްގެ ޕީއެސްޖީ ކަށަވަރުކޮށްފިއެވެ.

ރޭ ދެވަނަ ލެގްގެ މެޗަށް ނިކުތްއިރުވެސް ޕީއެސްޖީން ވަނީ ފުރަތަމަ ލެގް ޕެރިހުގައި ކުޅުނުމެޗް 0-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.

ދެވަނަ ލެގްގައި ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗް ޕީއެސްޖީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗްގައި ޕީއެސްޖީގެ ތަރިއކަަށްވީ ޑެމްބެލޭ އެވެ. އޭނާ ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ޑެމްބެލޭ ކާމިޔާބުކުރީ، 72 ވަނަ މިނެޓް ތެރޭގައެވެ. އަދި ފަހު ލަނޑު ޖެހީ މެޗްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ.

މެޗުން ލިވަޕޫލް ބަލިވުމުން އެޓީމް ވަނީ މި ސީޒަން ހުސްއަތާ ނިންމާލަން ޖެހިފައެވެ. އަދި މި މެޗަކީ މިހިނގާ ސީޒަނުގައި ލިވަޕޫލް ބަލިވި 17 ވަނަ މެޗެވެ. މެޗްގައި ލިވަޕޫލްގެ ކޯޗް އާނެ ސްލޮޓް ވަނީ ރިސްކެއް ނަގައި ވަރަށް ގިނަ ދުވަހު އަނިޔާގައި ހުރި އެލެކްސެންޑާ އީސާކް ފުރަތަމަ އެގާރާގައި ހިމަނައި ކުޅެން އަރުވާފައެވެ.

މެޗަށް ފަހު މުޙައްމަދު ޞަލާޙް އެންފީލްޑް ސަޕޯޓަރުންނާ ވަދާއީ ސަލާމް ކުރިއިރު، ގަބޫލުކުރެވޭ ގޮތުގައި މިއީ ލިވަޕޫލްގައި ސަލާހް ކުޅޭނޭ އެންމެ ފަހު ސީޒަނެވެ.

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލްގައި ޕީއެސްޖީ ނިކުންނާނީ، މިރޭ ބެޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި
02 Nov 2026 ކުޅިވަރު

ރޭސިން ބަލިކޮށް ރެއާލް މެޑްރިޑުން ބަލިނުވެ ހަވަނަ މެޗް ހަމަކޮށްފި

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ.

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް
02 Nov 2026 ކުޅިވަރު

ރަށުން ބޭރުގައި ލިވަޕޫލް ބަލިކޮށް އާސެނަލް ތާވަލްގެ އެއްވަނައަށް

މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން 16 ވަނަ މިނެޓް ތެރޭގައި ކައި ހާވާޓްޒް އެވެ. މި ނަތީޖާއާއެކު އާސެނަލުން ވަނީ ލީގު ތާވަލުގެ ކުރީގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ
01 Nov 2026 ކުޅިވަރު

ޗެލްސީއަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެ، ކެރިކްގެ މުސްތަގްބަލާމެދު ސުވާލު އުފެދިއްޖެ

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ޚާއްޞަކޮށް ޓީމާ ގުޅުނު ކެޕްޓަން ބްރޫނޯ ފެނާންޑޭޒާއި އަމަދު ޑިއާލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް
28 Oct 2026 ކުޅިވަރު

ވެކްސިން ސެޓްފިކެޓް މައްސަލައިގައި ސަސްޕެންޑްކުރި ޝާކާ އާއި އެމްބޯލޯ އަލުން ގައުމީ ޓީމަށް

މި މައްސަލައިގައި ޝާކާ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެ، ޒިންމާ އުފުލާފައެވެ. އޭނާގެ އަތުން ކެޕްޓަން ބޭންޑް އަތުލާފައި ނުވި ނަމަވެސް، ކެޕްޓަންކަމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޯޗު މުރާތު ޔަކިންއެވެ.

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި
28 Oct 2026 ކުޅިވަރު

ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފި

އިނގިރޭސިވިލާތުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމަށްވާ ކަރަބާއޯ ކަޕުން އާސެނަލް ކަޓައިފިއެވެ. މި މުބާރާތުން އާސެނަލް ކަޓާފައިވަނީ، ހަތަރުވަނަ ބުރުގައި ރޭ ފްލީޓްވޫޑާ ދެކޮޅަށް ކުޅުނުމެޗުން ޕެނަލްތީ ޖަހަައިގެން ބަލިވުމުންނެވެ. ޕެނަލްޓީއަށް ގޮސްގެން މެޗްގެ ނަތީޖާ ނެރެފައިވަނީ މެޗްގެ ކުޅުމުގެ ތެރޭގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުންނެވެ.