އުރީދޫގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސްގެ މަގާމަށް ނޫރާ ޒާހިރު
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސްގެ މަގާމަށް ނޫރާ ޒާހިރު އައްޔަންކޮށްފި އެވެ.
ނޫރާ އުރީދޫގައި މަސައްކަތް ކުރައްވާތާ 11 އަހަރު ވެފައި ވާއިރު، މީގެ ކުރިން ހުންނެވީ އެ ކުންފުނީގެ ބްރޭންޑް އެންޑް މާކޮމްސްގެ ސީނިއާ މެނޭޖަރުގެ މަގާމުގަ އެވެ.
އުރީދޫން ފާހަގަކޮށްފައިވާ ގޮތުގައި ނޫރާގެ ފަރާތުން ކުންފުންޏަށް ގިނަ ހިދުމަތްތަކެއް އަންނަނީ ލިބެމުންނެވެ.
އުރީދޫއިން ރާއްޖޭގައި ޚިދުމަތް ދޭން ފެށިތާ މިހާރު 18 އަހަރު ވެފައިވާއިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެމުންނެވެ. އެގޮތުން އުރީދޫން ވަނީ ޑޭޓާ، ވޮއިސް އަދި ބްރޯޑްބޭންޑުގެ ތަފާތު ގިނަ ހިދުމަތްތައް ތައާރަފްކޮށްފައެވެ.
އަދި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އެ ކުންފުނިން ވަނީ ގެނެސްދީފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް