ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ގެ ތެރެއިން
ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ގެ ތެރެއިން
ހަބަރު 02 Jun 2023 | 09:44

ކަނޑު ވިއްކުމާ ދެކޮޅު ޖަލްސާގައި ފުލުހުންނާއި ސިވިލް ސަރވިސް މުވައްޒަފުންވެސް ބައިވެރިވާނެ: ޝިޔާމް

ކަނޑު ވިއްކުލާ ދެކޮޅަށް މިރޭ ކާނިވަލުގައި ބާއްވާ ޖަލްސާގައި ފުލުހުންނާއި ސިވިލް ސަރވިސް މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭގެ ޖަލްސާއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ، މި ޖަލްސާއަށް އިސްރަށްވެހިންނާއި ޒުވާނުން އަދި ކަނބަލުންވެސް ޝައުގުވެރިކަން ފާޅުކުށްފައިވާ ކަަމަށެވެ.

"މި ޖަލްސާގަ ސިވިލް ސަރވިސް މުވައްޒަފުންވެސް ބައިވެރި ވާކަން އަޅުގަނޑުމެނަނަށް އެބަ އެނގޭ. މި ޖަލްސާގަ ދިވެހިރާއްޖޭގެ ފުލުހުންނާ ދިވެހިރާއްޖޭގެ ސިފައިންގެ ތެރެއިންވެސް ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަން އަޅުގަނޑުމެންނަށް އެނގޭ. އަދި މީގެ ކުރިން ފޯސަސްގަ މަސައްކަތް ކުރައްވާފަ، އެމްއެންޑީއެފްގަ ފުލުހުންގެ ތެރޭގަ މަސައްކަތް ކުރައްވާ ޝަރަފްވެރިކަމާއެކީގަ ރިޓަޔަރ ކުރައްވައިގެން ތިއްބެވި ވަރަށް ގިނަ ބޭފުޅުންވެސް މި ޖަލްސާގަ ބައިވެރިވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެބަހުރި" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުންވެސް، ވަކި ޕާޓީއެއް ނުބަލާ ވަރަށް ގިނަ މީހުން މާލެ އަހިސްފައިވާ ކަމަށާއި އަދި މިއަދުވެސް އަންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ ފަރާތްތަކުން މާލޭގައި އުޅޭއިރު، އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރި ވެފައި ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވޯީ، ޖަލްސާ ފެށޭނީ8:30ގައި ކަމަށްވީ ނަމަވެސް ވަރަށް ގިނަ ބޭފުޅުން ބައިވެރިވާނެތީ، ގޮނޑިތަކުން ޖާގަ ލިބޭނީ ދުރާލާ ޖަލްސާއަށް ގޮސްގެން ކަމަށެވެ.

އެހެންކަމުން އިޝާ ނަމާދު ނިމިގެން ކާނިވަލާ ދިމާއަށް މިސްރާބު ޖެހުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.

މިރޭ ބާއްވާ ބޮޑު ޖަލްސާއަކީ މިހާތަނަށް ސިޔާސީ ޕާޓީތައް ގުޅިގެން ބާއްވާ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެކަމަށް "ކަނޑު ވިއްކާލުމާއި ދެކޮޅު" ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މި ހަރަކާތަކީ ސިޔާސީ ޕާޓީތަކުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރަހައްދާއި ގުޅޭ މި މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއްކަމަށް އެ އިއްތިހާދުން އަންނަނީ ބުނަމުންނެވެ.

މި ބޮޑު ޖަލްސާއަކީ ދިވެހި ރައްޔިތުން ކަނޑު ވިއްކާލުމާއި ދެކޮޅުކަން ސަރުކާރާއި މުޅި ދުނިޔެއަށް ދެއްކުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށާއި، މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަކީ އެ އިއްތިހާދުގެ ވަރަށް ބޮޑު އެދުމެއްގައި އިއްތިހާދުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.

މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް
14 Oct 2026 ހަބަރު

މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކައުންޓަރުކައިރީ ތިބި ބައެއް ފަސެންޖަރުން ރުޅިގަދަވުމުން ފުލުހުން ވަނީ އެމީހުން ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ފެނިގެންދިޔައެވެ.