ފަހިދިރިއުޅުމުގެ ޓަވަރެއް... ފޮޓޯ: ވޮއިސް
ފަހިދިރިއުޅުމުގެ ޓަވަރެއް... ފޮޓޯ: ވޮއިސް
ހަބަރު 14 Oct 2026 | 12:12

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި، ގަވާއިދުން ނުދައްކާ އޮތުމުގެ ސަބަބުން، އެ ތަންތަނުގެ އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.

މިކަމާ ގުޅިގެން އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ދެ ޔުނިޓާ ގުޅިގެން ވެފައިވާ އެއްބަސްވުން ބާތިލުކޮށް ޔުނިޓުތައް ހުސްކުރުމަށް މިހާރު އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ ކުރިން ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށްޓަކައި 135 ދުވަހުގެ ދިގު މުއްދަތެއްގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވިފައިވާ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ.

މި ނޯޓިސްތައް ފަހި ޕޯޓަލް އާއި އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް އެ ފަރާތްތަކާ ހަވާލުކުރެވުނު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ނަމަވެސް، ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދީ، ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކޮށް އެފްޑީސީއާ ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ފަރާތްތަކުގެ ފަހި ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލާފައެވެ.

އެފްޑީސީން އިތުރަށް ބުނެފައިވަނީ، މި ފިޔަވަޅުތަކަކީ އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، ދެފުށް ފެންނަ ގޮތެއްގައި އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

އަދި ޔުނިޓުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކެވުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް
14 Oct 2026 ހަބަރު

މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކައުންޓަރުކައިރީ ތިބި ބައެއް ފަސެންޖަރުން ރުޅިގަދަވުމުން ފުލުހުން ވަނީ އެމީހުން ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ފެނިގެންދިޔައެވެ.

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.