ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ހަބަރު 14 Oct 2026 | 12:37

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފުވާ އުޅަނދުތަކާއި ފަރާތްތަކާމެދު ޒަމާނީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އެޅުމުގެ މަސައްކަތް، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ނިންމައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާއިން ބާރުލިބިގެން، ޤާނޫނު ތަންފީޒުކުރާ މައި އިދާރާގެ ހައިސިއްޔަތުން ދިވެހި ފުލުހުންގެ ޚިދުމަތުން މި ނިޒާމު ހިންގާނީ ޚާއްޞަ އެޕްލިކޭޝަންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައެވެ. މިގޮތުން، ޤަވާއިދާ ޚިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މަޢުލޫމާތު، އެސްއެމްއެސް (SMS) އަދި އީމެއިލް މެދުވެރިކޮށް ވަގުތުން ފޮނުވަމުންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެހެންކަމުން، ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެންމެހައި ފަރާތްތަކުން ވެސް 'ސިމްސް' (SIMS) ޕޯޓަލް މެދުވެރިކޮށް ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަދާހަމަކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މާލެއާއި ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގައި، ފުރަތަމަ މަރުޙަލާގައި ޚާއްޞަ އިސްކަމެއް ދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ:

  • ހޮސްޕިޓަލްތަކާއި ސްކޫލްތައް ހިމެނޭ ސަރަޙައްދުތައް

  • ކަފިހިހުރަސްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ޚާއްޞަ ސްލޮޓްތައް

  • މާލެ: މަޖީދީމަގު، އަމީނީމަގު، ސޯސަންމަގު އަދި ބޮޑުތަކުރުފާނުމަގު

  • ހުޅުމާލެ ފޭސް 1: ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅުމަގު، ހަނދުވަރީ ހިނގުން، ހިތިގަސްމަގު، ބަގީޗާ ހިނގުން އަދި ރީތިގަސްމަގު

  • ހުޅުމާލެ ފޭސް 2: ގުލްއަލާމާ ހިނގުން، ނިރޮޅުމަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސްމަގު

އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރު ދުއްވުމަށާއި ބޭނުންކުރުމަށް އެންމެހައި ރައްޔިތުންނަށް އިޤްތިޞާދީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.

ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
14 Oct 2026 ހަބަރު

ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރު ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވިދާނެ ހަރުދަނާ ސިޔާސަތުތަކާ ގުޅޭގޮތުންނެވެ

މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް
14 Oct 2026 ހަބަރު

މޯލްޑިވިއަނުން ޗެންދޫއަށް ދަތުރުކުރާ ފްލައިޓު ލަސްވުމުން ބައެއް ފަސެންޖަރުން ހިތްހަމަ ނުޖެހި ހަމަނުޖެހުމަކަށް

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ކައުންޓަރުކައިރީ ތިބި ބައެއް ފަސެންޖަރުން ރުޅިގަދަވުމުން ފުލުހުން ވަނީ އެމީހުން ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ފެނިގެންދިޔައެވެ.