އެމްޑީޕީގެ ބައެއް ކޮމެޓީތަކާއި ރައީސް ޞާލިހު ބައްދަލު ކުރައްވައިފި
އިދިކޮޅު އެމްޑީޕީގެ ވަގުތީ ރައީސް، އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެ ޕާޓީގެ ބައެއް ކޮމެޓީތަކާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ގ ނިއުޝާގައި ހުންނަ އެ ޕާޓީގެ ކެމްޕެއިން އޮފީހުގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް ޞާލިހް ބައްދަލުކުރައްވައިފައިވަނީ، އެ ޕާޓީގެ އިންތިހާބު ކޮމިޓީ، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާއެވެ.
ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު މަޢުލޫމާތެއް އެ ޕާޓީން ނުދެއެވެ.
އެމްޑީޕީން ވަނީ، އެ ޕާޓީން އއ. ރަސްދޫގައި މިދިޔަ ހަފްތާގައި ބޭއްވި ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސްގެ މަގާމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އައްޔަނުކުރައްވައިފައެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް