އައްޑޫގައި ނުރައްކާތެރި މާރާމާރީއެއް ހިންގައި ޒުވާނަކު ޒަޚަމްކޮށްލައިފި
ރޭގެ ވަގުތެއްގައި އައްޑޫ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދު ހިނގި ނުރައްކާތެރި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޒަޚަމްވި ޒުވާނާއަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެެވެ. އަދި އެ ޒުވާނާގެ ހާލު ސީރިއަސްކަމުގައި އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ދެ ގްރޫޕުގެ ދެމެދު ކުރިމަތިލުމެއް ހިނގި އިރު ދެ ގްރޫޕުން ވެސް ތިބީ ތޫނު ހަތިޔާރު ހިފައިގެންނެވެ.
އެ މާރާމާރީގައި ޒަހަމްވީ މީހާގެ ނިންކުރިން ވަރަށް ފުންކޮށް ޒަހަމްކޮށްލާފައި ވާއިރު ގައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަން ވެސް ވަނީ އެނގިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އެ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް