މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތްތެރިކަމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފި
އައްޑޫސިޓީގައި ހިންގި މާރާމާރީ އާ ގުޅިގެން އެސިޓީގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް މާލެއިން ފުލުހުންގެ ޓީމްތަކެއް ފޮނުވުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުންބުނީ، 2023 ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހިނގާދިޔަ މާރާމާރީއާއި، 20123 ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިނގާފައިވާ މާރާމާރީއާއި ގުޅިގެން މާލެއާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަން ތަކެއް ހިންގުމަށް ނިންވާފައިވާ ކަމަށެވެ.
އެގޮތުން އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމުތަކެއް އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މާރާމާރީއާ ގުޅުންހުރި ފަރާތްތަތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް