ޑައިނަމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާ މީހަކު ހައްޔަރުކޮށްފި
މަޖީދީމަގު ޑައިނަމޯ ކައިރީގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާ ފުލުހުން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
އެގޮތުން މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ރޭ 23:25 އެހާކަންހާއިރު ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާފައިވަނީ ހައި ވިޒިބިލިޓީ ފުލުހުން ކަމަށެވެ.
މިކަމުގައި އުޅުނު ބައެއް މީހުން ފިލާފައިިވާއިރު އެތަނުން ދެމީހަކު ފިލާފައި ވަނީ އެމީހުން ދުއްވި ސައިކަލް އެތަނަށް ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި ދެސައިކަލް ވަނީ ޓޯ ކޮށްފައި ކަމަށާއި އެމީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ވަނީ ބުނެފައެވެ.
މިއާއިއެކު މި މާރާމާރީގައި 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ދަނީ ތަހްގީގު ކުރަމުން ކަމަށް ފުުލުހުން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް