ތިނަދޫ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ގދ. ތިނަދޫ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިނަދޫ ގެއެއްގެ ތެރޭގައި އުމުރުން 48 އަހަރުގެ މީހަކު ނިޔާވެފައި އޮއްވާ މިއަދު ފެނިފައިވާ ކަމުގެ ރިޕޯޓް މިއަދު 13:30 ގައި އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
އަދި އެއީ ބިދޭސީ ފިރިހެނަކު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ މީހާ ނިޔާވެފައި އޮއްވާ ފެނުނު ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެމީހާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ފެނިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް