ބްރިޖް މަތިން ދަތުރު ކުރި ކާރެއްގައި އަލިފާން ރޯވެއްޖެ
ސިނަމާލެ ބްރިޖް މަތިން ދަތުރު ކުރި ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އެގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 16:09 ހާއިރު ކަމަށެވެ.
މިހާދިސާގައި ރޯވި ކާރުގެ ކުރީކޮޅަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ހަވީރު، 16:20 ގައި އަލިފާން ނިއްވާލައިފައި ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، އެ ކާރުގައި އަލިފާނުގެ ހާދިސާ ހިނގި އިރު ތިބީ ޑްރައިވަރާއިއެކު ތިން މީހުން ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް