މަޖިލީހުގެ ނައިބު ރައީސަކަށް ވުމުގެ ޝައުގުވެރިކަން އެމްޑީޕީ ތިން މެންބަރުން ފާޅުކުރައްވައިފި!
ރައްޔިތުންގެ މަޖިލީހުން މިވަގުތު ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަތާރުން ވާދަކުރައްވާނޭ މެންބަރަކު ކަނޑައެޅުމަށް، އެޕާޓީގެ ޕާލިމެންޓަރީ ގުރޫޕްގައި ސިއްރު ވޯޓެއް ނެގުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.
އެގޮތުންހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރުމަށް ތިން މެންބަރަކު ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.
އެއީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ އަބްދުالله ދުރުކުރުމަށް މިއަދު ކުރިއަށް ގެންދެވުނު ޖަލްސާގައި، ޖަވާބުދާރީ ވުމުގެ ފުރުސަތުގައި ވާހަކަ ދައްކެވުމަށްފަހު އީވާ ވަނީ އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް