ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ބިނާ ކުރުމުގެ މަސައްކަތް ފަށައިފި
ނ.ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ބިނާ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މިކަމާ ބެހޭގޮތުން އެމްޓީސީސީން ބުނީ އިމާރާތުގެ ފައުންޑޭޝަން އަދި ބީމް ކޮންކްރީޓްގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ސައިޓް ކްލިއަރެންސް އާއި ކޮނުމުގެ އޮޕަރޭޝަންތައްވެސް ނިމިއްޖެ ކަމަށެވެ.
މި އިމާރާތުގެ 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި ވޯރކްޝޮޕެއް ހިމެނޭނެ ކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.
މި ޖޫނިއާ ކޮލެޖަކީ 10،276 އަކަފޫޓުގެ ސަރަހައްދެއްގައި ބިނާ ކުރެވޭ އެއް ބުރީގެ އިމާރާތެކެވެ.
މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް