ހޮނިހިރު ދުވަހު ގިރިފުށީގައިި އަސްކަރީ ތަމްރީނުތަކެއް ހިންގަނީ
އަންނަ ހޮނިހިރު ދުވަހު ގިރިފުށީގައިި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ސަމާލުވުމަށް ޑިފެންސް މިނިސްޓްރީން އެދިއްޖެއެވެ.
ޑިފެންސް މިނިސްޓްރީއިން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މި މަހު 09 ވަނަ ދުވަހުގެ 19:00 އިން 21:30 އަށް ގިރިފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއާރސް އާއި ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީ ހުޅަނގު ދެކުނު ފަރާތުން 3000 މީޓަރ ދުރުމިނަށްކަމުގައި އެ މިނިސްޓްރީން ބުނެފައިވާއިރު ފްލެއާރސްއާއި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރުކަމުގައިވެސް ވަނީ ބުނެފައެވެ.
އެމްއެންޑީއެފް ގެ އަސްކަރީ ތަމްރީނުތަކުގައި މީގެ ކުރިން މީހުންނަށް އަނިޔާ ވުމުގެ ހާދިސާތައް މަދުން ނަމަވެސް ވަނީ ހިނގައިފައެވެ. ވުމާއެކު އެފަރާތުން ހިންގާ ތަމްރީނުތަކާމެދު ސަމާލުވުމަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް ހޭލުންތެރި ކުރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް