ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ހައްޤު ދަރަޖަ ދިނުމަށް ޚާއްސަ ކޮމިޓީއެއް ހަމަޖައްސައިފި
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައްޤު ދަރަޖަ ދިނުމަށް ޚާއްސަ ކޮމިޓީއެެއް ހަމަޖައްސައިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައި ވަނީ، މިނިސްޓަރ ކުރެއްވެވި ޓްވީޓެއްގައެވެ.
މިނިސްޓަރގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އިސްލާމީ އެންމެ ބޮޑު ޤައުމީ އެއް ޙަރަކާތަށްވުމާއެކު، އެ މުބާރާތުގެ ޙައްޤު ދަރަޖައާއި މަޤާމު މުބާރާތަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ޚާއްޞަ ކޮމިޓީއެއް ހަމަޖައްސާފައިވާނެ ކަމަށެވެ.
އަދި ޑރ ޝަހީމް ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް އޮންނާނެ ކަން އިޢްލާނު ކުރައްވައިފައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 36 ވަނަ ޤުރުއާން މުބާރާތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް