ގާނާ ކޮޅަށް ލަނޑުޖެހުމަށްފަހު އުންޑާވް...
ގާނާ ކޮޅަށް ލަނޑުޖެހުމަށްފަހު އުންޑާވް...
ކުޅިވަރު 31 Mar 2026 | 08:29

ގާނާއަތުން ޖަރުމަނަށް އުނދަގޫ މޮޅެއް

ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ ގާނާ އާއި ޖަރުމަނުވިލާތް ބައްދަލުކުރިމެޗް ހަނިގޮތަކަށް ޖަރުމަނު ކާމިޔާބުކޮށްފިއވެެ.

ޖަރުމަނުވިލާތުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން އެންމެ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ގާނާއެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ހަމަލާއަކީ މެޗުގެ ހަވަނަ މިނެޓުގައި ފްލޯރިއަން ވާޓްޒް ހިލޭ ޖެހުމުން ފޮނުވާލި ހަމަލާއެވެ. މި ބޯޅަ ގޮސް ޖެހުނީ ގޯލް ދަނޑީގައެވެ.

މެޗުގައި ޖަރުމަނުން ލީޑް ނަގާފައިވަނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި އާސެނަލްގެ ހާވާޓްޒް އެވެ. ފުރަތަމަ ހާފް ނިމުނީ ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗްގައި ޖަރުމަނުން ލީޑް ނަގާފައިވަނިކޮށް ގާނާއިން ވަނީ 70 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، މެންޗެސްތަރ ސިޓީގެ ފަޓާވޫ އެވެ.

މެޗުން ދެވަނަ ފަހަރަށް ޖަރުމަނަށް ލީޑް ނަގައިދިނީ 88 ވަނަ މިނެޓް ތެރޭގައި އުންޑާވޫއެވެ. ގާނާ އަތުން ޖަރުމަނު މޮޅުވިއިރު އެޓީމް ވަނީ އެންމެފަހުން ސްވިޒަލޭންޑް އަތުން 4-3 އިން މޮޅުވެފައެވެ. ޖަރުމަނުއަތުން ބަލިވުމުން ގާނާއަށް ވަނީ އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. އެޓީމް ވަނީ އެންމެފަހުން އޮސްޓްރިއާ އަތުން 5-1 އިން ބަލިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން
21 Nov 2026 ކުޅިވަރު

ފްލަމް މެޗް އެއްވަރުވެ، މެންޗެސްޓަރ ސިޓީއަށް ނުތަނަވަސްކަން

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ސިޓީ ޖެހިޖެހިގެން ބަލިވަމުން އައި ސިލްސިލާއަށް ނިމުމެއް އައި ނަމަވެސް، ޓީމުގެ ކުޅުމާމެދު ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި
21 Nov 2026 ކުޅިވަރު

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ މެޑްވެޑެވް ރާއްޖެއަށް އަންނަން ކެތްމަދުވެފައި

މެޑްވެޑެވް އަކީ، މީގެ ކުރިން އޭޓީޕީ ވޯލްޑް ޓުއާގެ އެއްވަނަ ހޯދާފައިވާ އަދި 2021 ވަނަ އަހަރުގެ ޔޫއެސް އޯޕަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ރަޝިޔާއަށް ނިސްބަތްވާ ނަން މަޝްހޫރު ޓެނިސް ކުޅުންތެރިއެކެވެ. އޭނާ ވަނީ، އޭޓީޕީ ވޯލްޑް ޓުއާ ސިންގަލްގެ 25 ޓައިޓަލް މިހާތަނަށް ހޯދާފައެވެ.

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް
21 Nov 2026 ކުޅިވަރު

އަދިވެސް މިފެންވަރުގައި ހިފަހައްޓާލެވޭނެ: ވެންޑައިކް

ލިވަޕޫލް ދޫކޮށްލަން ޖެހިއްޖެ ނަމަ އެއީ އޭނާއަށާއި އޭނާގެ އާއިލާއަށް ވަރަށް އަސަރުގަދަ ވަގުތަކަށް ވާނެ

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް
21 Nov 2026 ކުޅިވަރު

ހެރީ ކޭންއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުވަސް ކޮޅަކަށް ކުޅުމާ ދުރަށް

ކޭންއަށް މި އަނިޔާ ލިބުނީ މެޗުގެ 20 ވަނަ މިނެޓުގައި ކޯލޯންގެ ޑިފެންޑަރު ޖޮއެލް ޝްމިޑް ކުރި ޗެލެންޖެއްގެ ތެރެއިންނެވެ

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު
19 Nov 2026 ކުޅިވަރު

މެސީ ނެތި މިފަހަރު އާޖެންޓީނާއިން ދައްކާލީ ޓީމުގެ ކުރިމަގުގެ އުއްމީދު

ކޮސްޓަރިކާ ކާމިޔާބީއާ ގުޅޭގޮތުން ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ އާޖެންޓީނާގެ ތާރީޚުގައި މެސީގެ ހިޔަނިން ބޭރުވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.