ފުލުހުންގެ އެންގުމަށް މަޑުނުކޮށް ދުއްވި ސައިކަލެއް އެކްސިޑެންޓްވުމަށްފަހު ވެސް ފިލަން އުޅެފި
ފުލުހުންގެ އެންގުމަށް މަޑުނުކޮށް ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް އެހެން ދެ ސައިކަލާއި އެކްސިޑެންޓްވުމަށްފަހު ވެސް ފިލަން އުޅުމުން އެ ސައިކަލްގައި ތިބި ދެ މީހުން ހައްޔަރު ކޮށްފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ ރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު 1:30 ކަންހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކަށް މަޑުކުރުމަށް ފުލުހުން އަންގާފައިވާ ކަމަށެެވެ.
ނަމަވެސް ފުލުހުންގެ އެންގުމަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔުމުން ނަލަހިޔާ ކައިރިން އިތުރު ދެ ސައިކަލްގައި ޖެހި އެކްސިޑެންޓް އެއްވެސް ހިނގައިފާވާ ކަމަށެވެ.
އަދި އެކްސިޑެންޓްވުމުންވެސް ސައިކަލް މަޑުނުކޮށް ދާން މަސައްކަތް ކުރުމުންނާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އެ ސައިކަލްގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިވާ ކަމަކަށް ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް