ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައި ވާކަމަށް، އެ މަސައްކަތް ކުރަމުންދާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައި ވާއިރު އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއި، ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 5.65 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފއިވާ މަޝްރޫއުއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް