އިނގުރައިދޫ މެޗުގެ ތެރެއިން
އިނގުރައިދޫ މެޗުގެ ތެރެއިން
ކުޅިވަރު 04 Nov 2022 | 17:36

ރ. އަތޮލު ފުޓްސަލް ޗެލެންޖް: ހުޅުދުއްފާރު، އިނގުރައިދޫ އަދި ދުވާފަރަށް މޮޅެއް

ރ. އަތޮޅު ކައުންސިލުން މުޅި އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި ހުކުރު ދުވަހުގެ މެޗުތައް ހުޅުދުއްފާރާއި އިނގުރައިދޫ އަދި ދުވާފަރު ކާމިޔާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ފެށި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލުމަށްފަހު އެވެ. ކޮންމެ ދުވަހެއްގެ ހަވީރު ދެ މެޗު ކުޅޭއިރު ބައެއް މެޗުތައް ރޭގަނޑު ވެސް ކުޅޭނެއެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރީ، ވާދޫ އަދި އިނގުރައިދޫ އެވެ. ގުރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ އަލިފުށި، މާކުރަތު، ހުޅުދުއްފާރު، މީދޫ، އަދި ދުވާފަރެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީ ގެ ހުޅުދުއްފާރާއި މާކުރަތެވެ. މި މެޗު 3-1 އިން ކާމިޔާބުކޮށްފައި ވަނީ ހުޅުދުއްފާރެވެ. ހަވީރު ކުޅުނު އިނގުރައިދޫ އާއި ވާދޫ އެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިނގުރައިދޫ މެޗު ކާމިޔާބުކުރި އިރު، ހުކުރު ދުވަހުގެ ރޭގަނޑު ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރީ ދުވާފަރެވެ. މިއީ މުބާރާތުގައި ދުވާފަރުގެ ދެވަނަ މޮޅެވެ.

އުނގޫފާރުގައި ކުރިޔަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު ވެސް ވަނީ ފޯރިގަދަ ތިން މެޗު ކުޅެފައެވެ. މުބާރާތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުޅުނު މެޗުގައި ބައްދަލުކުރީ ވާދޫ އާއި ރަސްމާދޫއެވެ. މި މެޗް ރަސްމާދޫން ކާމިޔާބުކުރީ 2-1 އިންނެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ދުވާފަރާއި އަލިފުއްޓެވެ. މި މެޗް ފަސޭހަކަމާއިއެކު 4-0 އިން ކާމިޔާބުކުރީ ދުވާފަރުންނެވެ. އަދި އެ ރޭ އިންނަމާދޫ އާއި މަޑުއްވަރި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުވެސް ފޯރިގަދަ ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި އެ ދުވަހުގެ ހަވީރު 16:00 ގައި ބައްދަލުކުރާނީ މަޑުއްވަރި އަދި ރަސްމާދޫ އެވެ. ދެވަނަ މެޗުގައި 17:00 ގައި ބައްދަލުކުރާނީ ހުޅުދުއްފާރާއި އަލިފުއްޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ރ. އަތޮޅުގެ ހަ ރަށެއްގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ
17 Jun 2026 ހަބަރު

ރ. އަތޮޅުގެ ހަ ރަށެއްގައި ފަސް ބާވަތެއްގެ ކެންސަރަށް ސްކްރީން ކުރުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ

ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާއި، ބަލި އަވަހަށް ދެނެގަތުމަށް ބާރުއެޅުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީ.އެސް.އެމް) އިން ރ. އަތޮޅުގެ ހަ ރަށަކަށް އަމާޒުކޮށްގެން ޚާއްޞަ ސްކްރީނިންގ ...

ރ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މާދަމާ ފަށަނީ؛ ފުރަތަމަ ހަފްތާ ހިލޭ ދަތުރު ކުރެވޭނެ
25 Jun 2025 ހަބަރު

ރ އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މާދަމާ ފަށަނީ؛ ފުރަތަމަ ހަފްތާ ހިލޭ ދަތުރު ކުރެވޭނެ

ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް، އެ އަތޮޅުގެ ރައް...

ރައީސް މުޢިއްޒު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
24 Jan 2025 ހަބަރު

ރައީސް މުޢިއްޒު ރ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ...

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށާނަން: ރައީސް މުޢިއްޒު
22 Jan 2025 ހަބަރު

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށާނަން: ރައީސް މުޢިއްޒު

މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމުގެ މުހިންމުކަން ބޮޑު ކަމަށާއި، އެ ގޮތުން ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކ...

މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި: ޑރ މުއިއްޒު
21 Sep 2023 ހަބަރު

މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި: ޑރ މުއިއްޒު

މި ސަރުކާރުން ވަނީ ޚާރިޖީ އަޅުވެތިކަމެއްގެ ތެރެއަށް ޤައުމު ދުއްވާލާފައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވި...

ގާއުނގޫދޫއަކީ ހުޅުދުއްފާރު ރައްޔިތުންނަށް ނަފާލިބޭ ރަށަކަށް ހަދާނަން: ޑރ މުއިއްޒު
21 Sep 2023 ހަބަރު

ގާއުނގޫދޫއަކީ ހުޅުދުއްފާރު ރައްޔިތުންނަށް ނަފާލިބޭ ރަށަކަށް ހަދާނަން: ޑރ މުއިއްޒު

ރ ހުޅުދުއްފާރުގެ އިހުތިޞާސްގެ ތެރޭގައި ހިމެނޭ ގާއުނގޫދޫއަކީ ހުޅުދުއްފާރުގެ ރައްޔިތުންގެ ނަފާލިބޭނެ ރަށެއްގެ ގޮތުގައި ހައްދަވާދެއްވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑޮޑޭޓު ޑރ މުހ...