ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުވާ މީހާގެ ބަންދު އިތުރުކޮށްފި
މާލޭ މަގެއްގެ މަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދީ މަރައިލި ކަމަށް ތުހުމަތުވާ މީހާގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މ.ކޮޅުފުށީ ޖަވާހިރުވާދީ އުމުރުން 45 އަހަރުގެ އަޙްމަދު ނަސީމު ހައްޔަރުކޮށްފައިވަނީ، މާލޭ މަގެއްގެ މަތީގައި އޮތް ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލުމަށްފަހު އިތުރު ބުޅަލަކަށް އަނިޔާކުރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އިއްޔެ ވަނީ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ.
ގާނޫނުލްއުގޫބާތުގައިވާ ގޮތުން އަނިޔާވެރިކަމާއެކު ޖަނަވާރަކާމެދު އަމަލުކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ސާބިތުވެއްޖެނަމަ 01 މަހާއި 06 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގައި ކުރިއަށް ދިޔަ ޝަރީޢަތުގެ އަދު އެހުމުގައި އޭނާ ވަނީ އެކަން ކުރި ކަމަށް އިންކާރުކޮށް އެ ވީޑިއޯއަކީ އެޑިޓެއްކަމަށްވެސް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް