ސެން ޓީޗަރުންގެ ސްކޮލަރޝިޕަށް އަލުން ހުޅުވާލައިފި
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުންނަން އެދާއިރާއިން އިތުރަށް ކިޔެވުމަށްޓަކައި ސަރުކާރުން ދޭ ސްކޮލަރޝިޕްއަށް އަލުން ހުޅުވާލައިފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އިނގެރޭސި ވިލާތުގައި ކިޔެވުމަށް ހުޅުވާލާ މި ސްކޮލަރޝިޕްތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.

ޖުމުލަ ދެ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓަރސް އޮފް އޯޓިޒަމް އެވެ.
ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސާ މި ކޯހަށް އެދި ކުރިމަތިލިމުގެ ސުންގަޑިއަކީ 2023 ޑިސެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ސްކޮލަރޝިޕާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށްޓަކައި 3026936/3026947 މި ނަމްބަރު ފޯނާއި ގުޅުއްވުމަށް އެމިނިސްޓްރީން އެދިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް