ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ އެވެ.
ފުލުސް އޮފިސަރު ޑިއުޓީގައި ހުރީ ހައިވޭގެ މެދަކާ ހަމަގައި ޖަހާފައިވާ ޗެކް ޕޯސްޓްގަ އެވެ. ފުލުހުން ބުނީ މާލެ ކޮޅުން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލް ނުވެ ފުލުހެއްގެ ގައިގައި ޖެހި ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ. ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. ސައިކަލުގައި އިން ޒުވާނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުސް އޮފިސަރަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ބާރު ސްޕީޑްގައި ދުއްވާ މީހުން ދެނެގަނެ އެކަން ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހައިވޭގައި ޗެކްޕޯސްޓް ޖަހައިގެން ކޮންމެ ރެއަކު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް