ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރަކަށް އަހްމަދު އަދްނާން
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ގެ މަގާމަށް މިއަދު އައްޔަން ކޮށްފައިވަނީ ޗެނަލް 13 އިން ގިނަ ބައެއްްގެ މަގުބޫލުކަން ހޯއްދެވި ޕީއެންސީގެ ކައުންސިލް މެމްބަރުކަންވެސް އަދާކުރައްވަމުން ގެންދަވާ އަހްމަދު އަދްނާނުއެވެ.
ޑެޕިއުޓީ މިނިސްޓަރުކަމަށް އަދްނާން އައްޔަނު ކުރިކަން ހާމަކޮށް އެ މިނިސްޓްރީން ވަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ. އަދްނާން މީގެ ކުރިންވަނީ މާލޭ ސިޓި ކައުންސިލްގެ ޑިޖިޓަލައިޒޭޝަން ކޮންސަލްޓެންޓެެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައެވެ.
ރައީސް ޑރ މުއިއްޒުގެ ވެރިކަމުގެ މިހާތަނަށް އައި އިރު ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ މަގާމުތަކަށް ވަނީ ޖުމުލަ 61 ބޭފުޅަކު އައްޔަނު ކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް