ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން: ޢިމްރާން
މުޖްތަމަޢުގެ މަސްލަޙަތު ކަށަވަރު ކުރެވޭގޮތައް، ޤައުމު ތަރައްޤީ ކުރެވޭނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދީގެން ކަމަށް ރާއްޖޭގެ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ޢިމްރާން މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވެވި ޓްވީޓެއްގައެވެ.
"މުޖްތަމަޢުގެ މަސްލަޙަތާއި، ހަމަޖެހުމާއި އެކު، ފަރުދުންގެ ރައްކާތެރިކަން ކަށަވަރުވާގޮތައް ޤައުމު ތަރައްޤީ ކުރެވޭނެ ހަމައެކަނި ފޯމިއުލާއަކީ، ރައީސް ޞާލިޙްގެ ސަރުކާރު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން" ދާޚިލީ ވަޒީރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ޞާލިޙްގެ 5 އަހަރުގެ ދައުރު ހަމަވާން މިހާރު އޮތީ ދެތިން މަހެކެވެ.
ރިޔާސީ އިންތިޚާބު ގާތް ވަމުން އަންނަ އިރު ރައީސް ޞާލިޙާއި އެކު ކޯލިޝަން ހައްދައި އެމަނިކުފާނާއި އެކު ނުކުންނަ ދެޕާޓީގެ ތެރެއިން އެއް ޕާޓީއަކީ ޢިމްރާން ރައީސް ކަންކުރައްވާ ޢަދާލަތު ޕާޓީއެވެ. އަނެއް ޕާޓީއަކީ ސަން ސިޔާމުގެ އެމްޑީއޭ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް