ޒަކާތުފަންޑުން ކެއަރ ސޮސައިޓީ އަށް އެހީވެވޭނެ ގޮތްތައް ބެލުމަށް މަޝްވަރާކޮށްފި!
ޒަކާތުފަންޑުން ކެއަރ ސޮސައިޓީ އަށް އެހީވެވޭނެ ގޮތްތައް ބެލުމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާ އާއި ކެއަރ ސޮސައިޓީގެ ދެމެދުގައި މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ތަކުގައި އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އެވުޒާރާގެ ނައިބު ޑރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި އެމިނިސްޓްރީގެ ބައެއް އިސްވެރިންނެވެ.
ކެއަރ ސޮސައިޓީގެ ފަރާތުން ބައިވެރިވެފައިވަނީ ކެއަރސޮސައިޓީގެ އިސްވެރިންނެވެ.
މި ބައްދަލުވުމުގައި ކެއަރ ސޮސައިޓީ އަށް ޒަކާތު ފަންޑުން މާލީ ގޮތުން އެހީތެރިކަން ދެވޭނެ އަދި އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި މެދު ވާހަކަ ދެކެވިފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ކެއަރ ސޮސައިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށް ޤުރުއާން ކިޔަވައިދިނުމުގައި ޓެކްނިކަލް ގޮތުން އެހީފޯރުކޮށްދެވޭނެ ގޮތް ތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް