އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ޝުއާއު
ފިއުލް ސަޕްލައި މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޝުއާއުالله ސައީދު ހަމަޖައްސައިފިއެވެ.
އެ މަގާމަށް ޝުއާއުالله ހާމަކޮށް އެފްއެސްއެމް އިން ވަނީ މިއަދު ޝުއާއުالله އަށް މަރުހަބާ ކިޔާފައެވެ. އެކުންފުނިން މިއަދު ޓުވިޓާގައި ކުރި ޕޯސްޓުގައި ވަނީ، އެފްއެސްއެމްއިން ޝުއާއުاللهގެ ލީޑަރޝިޕްގެ ދަށުން މަސައްކަތް ކުރުމަށް އިންތިޒާރު ކުރާކަމަށް ބުނެފައެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، މިފްކޯ ބޯޑުގެ ޑައިރެކްޓަރެއްގެ މަގާމު ފުރުއްވާފައިވާ ޝުއާއުالله އަކީ އޭގެ ފަހުން މިފްކޯގެ ވޯކިން ޑައިރެކްޓަރެއްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅޭއްވެސް މެއެވެ.
އަދި މީގެ އިތުރުން، ޗެނެލް 13ގެ މަޑިސީލަ ޕްރޮގުރާމު ހުށަހަޅައިދިނުމުގައިވެސް ހަރަކާތްތެރިވެފައިވާ ޝުއާއުالله އަކީ އެ ޕްރޮގްރާމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ފަރާތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް