ސައުދީ ސަފީރު، މަސްވެރިކަމާ ބެހޭ ވަޒީރާ ބައްދަލުކުރައްވައިފި
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, މަޓްރެކް އަބްދުﷲ އަލްއަޖަލީން އަލްޑޯސަރީ، މަސްވެރިކަމާއި ކަނޑުގެ ވަޒީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ބައްދަލުކުރައްވައިފިއެވެ.
މަސްވެރިކަމާއިބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީމަސްވެރިކަމުގެ ސިނާއަތިުގެ މަސައްކަތްތަކަށް އެ ގައުމުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުަގއި ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން މަސްވެރިކަމާބެހޭ ވަޒީރު ވަނީ މަސްވެރިކަމުގެ ދާއިރާ ޑައިވާސިފައި ކުރުމުގެ ގޮތުން ސައުދީގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާއި ހިއްސާކުރައްވައި ޚިޔާލު ބަދަލުކުރައްވައިފައެވެ.
އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމަށް އެމަނިކުފާނު ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް