މާ ބަރުކޮށް މުދާ އަރުވައިގެން ދަތުރުކުރި އުޅަނދެއް ފުލުހުން ހުއްޓުވައިފި
މާ ބަރުކޮށް މުދާ އަރުވައިގެން ދަތުރުކުރި އުޅަނދެއް، މެރިން ޕޮލިސްއިން ހުއްޓުވައިފިއެވެ.
ފުލުހުން ބުނީ، ރޭ 10:17 ހާއިރު ލ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދާ އުޅަނދެއް މާ ބަރުކޮށް މުދާ އަރުވައިގެން ދަތުރު ކުރާކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އުޅަނދުގެ ކައްޕިއަށް ގުޅައި އެންމެ ކައިރި ބަނދަރަކަށް ވެއްދުމަށާއި ދަތުރު އިތުރަށް ނުގެންދިއުމަށް އަންގާފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތިއާއި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކުގައި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އެދިފައެވެ.
ދާދިފަހުން ކަނޑުމަތީގެ ހިތާމަވެރި ދެ ހާދިސާ ހިނގައި، ގިނަ އަދަދެއްގެ މުދަލަށް ވަނީ ގެއްލުން ލިބިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް