އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަން ވާހަކަދައްކަވަނީ -- ފޮޓޯ/ ދައުރު
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަން ވާހަކަދައްކަވަނީ -- ފޮޓޯ/ ދައުރު
ހަބަރު 06 Jun 2023 | 09:59

241ގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ ރައީސްގެ ސިޓީފުޅު މަޖިލީހަށް ފޮނުވަން އެދޭނަން: އަސްލަމް

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ، (241 ކޮމިޓީ)ގެ މުގައްރިރުކަން އަލުން ލިބިއްޖެނަމަ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން ރައީސް އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރުކަން މިހާތަނަށްވެސް ކުރައްވަމުން އައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައިވާކަން އިއުލާނު ކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ، އެމްޑީޕީގެ މެންބަރުންތަކެއް އެ ޕާޓީން ކެނޑުމާއި ގުޅިގެން މަޖިލީހުގެ މެންބަރުންގެ ކޮމްޕޮޒިޝަނަށް އައި ބަދަލާއެކު އަދިވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެފައެވެ.

އަދި ދާއިމީ ކޮމިޓީތައް އެކުލަވާލެވިފައި ނުވަނީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ހުރެ ކަމަށް ރިޔާސަތުން ވިދާޅުވާ ކަމަށާ، އޭގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއާއެކު މަޖިލީހުގެ ކޮމިޓީ ތަކުގައި މިހާރުވެސް ވަރަށް ގިނަ، މުހިއްމު، ހައްސާސް ބިލްތަކާއި މައްސަލަތައް ތާށިވެފައިވާ ކަން ފާހަގަކުރައްވައި އަސްލަމް ވަނީ 241 ކޮމިޓީއަށް ހުށަހެޅިފައިވާ، ރައީސް ޞާލިހުގެ ސިޓީފުޅުގެ މައްސަލަ މިސާލެއްގެ ގޮތުން ނަންގަވާފައެވެ.

"ވަކިން ހާއްސަކޮށް އަޅުގަނޑު މިވީ ހިސާބަށް ޗެއާ ކުރަމުން އައި 241 ކޮމިޓީ [ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިިޓީ]އާ ގުޅޭގޮތުން ދަންނަވާ ކަމުގައި ވަނީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއާ ގުޅޭގޮތުން އަޅުގަނޑަށް އަސްލު ގޮތެއް ނުނިންމިފައި އޮތީ މިހާރު 241 ކޮމިޓީ ނުބޭއްވިގެން،"

މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ، އަލުން ކޮމިޓީތައް އެކުލަވާލައި، 241 ކޮމިޓީގެ މުގައްރިރު ކަން ލިބިއްޖެ ނަމަ އެންމެ ފުރަތަމަ ކަމަކަށް ކުރައްވާނެ ކަމަކީވެސް އެ ސިޓީ ހޯއްދެވުމުގެ މަސައްކަތް ކަމަށެވެ.

"241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު އަޅުގަނޑު އެ ކޮމިޓީގެ ޗެއާގައި އިތުރަށް އިންނަ ކަމުގައި ވަނީނަމަ، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް، 241 ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވަންވެސް އަޅުގަނޑު މިހުރީ ގަސްތުކޮށްގެން."

މުހައްމަދު އަސްލަމް

ރާއްޖެ އާއި ޗާގޯސްގެ އިން ވަކިކުރުމުގެ މައްސަލަ ދުނިޔޭގެ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން މައްސަލަ ނިންމުމުގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ރައީސްގެ ސިޓީ ހާމަކުރުމަށް ދިޔައީ ގޮވާލަމުންނެވެ. އެގޮތުން ކުއްލި މައްސަލަވެސް މަޖިލީހަށް ވައްދާފައިވާ އިރު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. އަދި އެ މައްސަލަ 241 ކޮމިޓީގައި އޮންނަތާ މިވީހާ ދުވަހުގައިވެސް އަސްލަމް އާއި އެމްޑީޕީގެެ މެންބަރުން ވެސް އެސިޓީ ހާމަ ކުރުމަށް އެދޭނެ ކަމުގެ އެއްވެސް އިޝާރާތެއް ދެއްވާފައެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.