ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް އާއި ހަސަން ލަތީފް ވާހަކަ ދައްކަވަނީ-- ފޮޓޯ/ މިހާރު
ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް އާއި ހަސަން ލަތީފް ވާހަކަ ދައްކަވަނީ-- ފޮޓޯ/ މިހާރު
ހަބަރު 06 Jun 2023 | 11:02

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ނުލިބޭނެ: ދަ ޑިމޮކްރެޓްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއި ނުލިބޭނެ ކަމަށް އެމަނިކުފާނަށް ވަފާތެރި މެންބަރުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ނިންމި ނިންމުމާއި ގުޅިގެން ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޘިމް ވަނީ، އެއީ އެމްޑީޕީ ޕީޖީން ނިންމާ ނިންމުން ނޫން ކަމަށެވެ. އަދި އެއީ ރައީސް އޮފީހުގެ ނިންމުން ކަމަށާ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތަކަކީ ރައީސް އޮފީހުގެ ނުފޫޒް ވަރަށް ބޮޑަށް އޮންނަ ނިންމުންތަކެއް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއިި މެދުވެސްގޮތެއް ނިންމަވާނީ ރައީސް އޮފީހުން ކަމަށް އާޒިމް ވިދާޅުވި. އަދި މީގެ ކުރިންވެސް އެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން އުޅުނު ކަމަށާ، އެހެން ނަމަވެސް އެކަން ކުރެވިފައި ނުވާއިރު, މިފަހަރުވެސް އެކަން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން. ހުށައެއްވެސް ނޭޅޭނެ. އަދަދެއްވެސް ހަމައެއް ނުވާނެ. އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ނުދެކެން. މަޖިލިސް ތެރޭގައި ކިތަންމެ މަސައްކަތްތަކެއް ހުރި ކަމުގައި ވިޔަސް، މަޖިލިސް ތެރޭގައި، ގިނަ މެންބަރުން ތާއީދެއް ނުކުރާނެ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަކަށް.

ޢަލީ ޢާޒިމް

މިއާއެކު އާޒިމް ވިދާޅުވީ މިހާރުވެސް އެމްޑީޕީ މެންބަރުންގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން މިހާރު ވެސް ތިއްްބަވާ ކަމަށާ، އެހެންކަމުން، އެ މައްސަލަ ހުށަހަޅަން ބޭނުންވާ މިންވަރަށް މެންބަރުންގެ ސޮއިވެސް ނުލިބޭނެ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހަށް ހުށަނާޅާނެ ކަމަށްވެސް އާޒިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ، މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ 42 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި އެކަމަށް އެއްބަސް ނުވާ މެންބަރުންވެސް، އެކަމަށް ދެކޮޅު ނުހައްދަވާ ކަމަށާ، އެ މެމްބަރުން ވެސް މައްސަލަ ހުށަހެޅުމަށް ސޮއި ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި
14 Oct 2026 ހަބަރު

މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލާ، ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވައިލައްވައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި
14 Oct 2026 ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ބޮޑެއް ޕެރޯލުން ދޫކޮށްލި ގޮތް ލިޔުމުން ސާފުކުރުމަށް އަންގައިފި

ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ކަން ސާބިތުވެ އަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕެރޯލް ބޯޑުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ނުބަލައި، ސިޔާސަތުތަކާ ވެސް ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އެކަމާ ގުޅިގެން ޕެރޯލް ބޯޑުގެ ހަ މެންބަރުން ވަކިކޮށްފައިވެއެވެ.

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި
14 Oct 2026 ހަބަރު

ކުލި ނުދެއްކި ދެ ޔުނިޓް، 15 ދުވަހުގެ ތެރޭ ހުސްކުރަން އަންގައިފި

އަމާން ޓަވަރުތަކުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓެއްގެ ކުލި ނުދެއްކުމާ ގުޅިގެން އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭ ތަން ހުސްކުރުމަށް އެފްޑީސީން ވަނީ އަންގައިފައެވެ.