އެމެރިކާ އާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިިން
އެމެރިކާ އާއި ސްވިޑެން ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 06 Aug 2023 | 12:49

އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ކަޓައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިއަދު މެންދުރު އެމެރިކާ އާއި ސްވިޑެން ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 4-5 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޑެން ޖާގަ ހޯދައިފި އެވެ.

މިއީ އެންމެ ފަހުން ބޭއްވުނު ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އެމެރިކާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ދެވަަނަ ބުރުން ކެޓި ފުރަތަަމަ ފަހަރެވެ. އަދި މިއީ މި ދެޓީމު މިހާތަނަށް ވާދަކުރި 43 މެޗުގެ ތެރެއިިން ސްވިޑެން މޮޅުވި 8 ވަނަ މެޗެވެ. އޭގެތެރެއިން 23 މެޗުން އެމެރިކާ މޮޅުވެފައި ވާއިރު 12 މެޗު ނިމިފައިވަނީ ދެޓީމް އެއްވަރުވެގެންނެވެ.

މުބާރާތުގެ ގުރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން އެމެރިކާ ޖާގަ ހޯދިއިރު، މިއީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މިހާތަނަށް އެޓީމުން ނެރުނު އެންމެ ދަށް ނަތީޖާ އެވެ. ނަމަވެސް ސްވިޑެން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ގުރޫޕް ޖީގައި ވަރުގަދަ އާޖެންޓީނާ އާއި އިޓަލީ ފަހަތަށް ޖައްސާލުމަށްފަހު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެމެރިކާ އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ މިޑްފީލްޑަރު ލިންޒީ ހޯރެން އަށެވެ. ފުރަތަަމަ ހާފުގެ 34 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް އެމެރިކާގެ ފަރާތުން ވަރުގަދަ އެޓޭކިންގް ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ސްވިޑެންގެ ގޯލްކީޕަރު ޒެސައިރާ މީސަވިކް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތު 15 މިނެޓުގެ ދެ ހާފުގައި ވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމު އެއްވަރުވުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ސްވިޑެން ކުރިން ހޯދީ 5-4 ގެ ނަތީޖާއަކުން ނެވެ.

ކޮންމެ ޓީމަކުން ވެސް ފުރަތަަމަ ހަ ޕެނަލްޓީގެ ތެރެއިިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު، އެމެރިކާގެ 7 ވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އަދި ސްވިޑެންގެ 7 ވަނަ ޕެނަލްޓީ އެޓީމުގެ އާސެނަލް ފޯވާޑް ލީނާ ހާޓިގް ކުރިއަށް ފޮނުވާލުމުން އެމެރިކާގެ ގޯލްކީޕަރު އެލިސާ ނެއަރ ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެލިސާ ބޯޅަ ދިފާއުކުރުމުގެ ކުރިން ގޯލު ލައިން ހުރަސްކޮށްފައިވަކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-4 ގެ ނަތީޖާއަކުން ސްވިޑެން ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޑެން ވާދަކުރަންޖެހެނީ ދެވަނަ ބުރުގައި ނޯވޭ ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ޖަޕާނާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގަޑިން މެންދުރު 12:30 ގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި
20 Aug 2023 ކުޅިވަރު

ޔޫރަޕުގެ ޗެމްޕިއަން އިންގްލެންޑް ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ސްޕެ...

އޮސްޓްރޭލިޔާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ވޯލްޑްކަޕް ފައިނަލުން ޖާގަ ހޯދައިފި!
16 Aug 2023 ކުޅިވަރު

އޮސްޓްރޭލިޔާ ބަލިކޮށް، ފުރަތަމަ ފަހަރަށް އިންގްލެންޑް ވޯލްޑްކަޕް ފައިނަލުން ޖާގަ ހޯދައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލްގެ އޮސްޓްރޭލިޔާ ބަލިކޮށް، މުބާރާތުގެ ފައިނަލުން ފުރަތަަމަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދަ...

ވާދަވެރި ކުޅުމަކަށްފަހު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!
15 Aug 2023 ކުޅިވަރު

ވާދަވެރި ކުޅުމަކަށްފަހު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކާއެކު ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަ...

ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!
12 Aug 2023 ކުޅިވަރު

ފްރާންސް ކަޓުވާލުމަށްފަހު އޮސްޓްރޭލިޔާ ވޯލްޑްކަޕްގެ ސެމީފައިނަލަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުން ފްރާންސް ބ...

އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!
12 Aug 2023 ކުޅިވަރު

އަންހެނުންގެ ވޯލްޑްކަޕް 2023: ސެމީފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހަވީރު ކޮލަމްބިއާ އާއި އިންގްލޭންޑް ވާދަކުރި މެޗު 2-1 ގެ ނަތީޖާއ...

ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!
11 Aug 2023 ކުޅިވަރު

ސްވިޑެން އަތުން ހަނިގޮތަކަށް ބަލިވެ، ޖަޕާން މުބާރަތުން ކަޓައިފި!

އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ސްވިޑެން އަތުން ބަލިވެ، ޖަޕާން ...